އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ މަރުގެ ޙުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
އަދުހަމަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 16 އޭޕްރީލް 2023 ގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަރުގެ ޙުކުމް ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށަހެޅީ 2024 މާޗު މަހު 5ގައެވެ. ގާނޫނު ބުނާ ގޮތުން މަރުގެ އަދަބުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރުމަށް ފަހުއެވެ. ދަށު ކޯޓުން ކުރާ އެފަދަ ހުކުމެއް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކަށަވަރު ކުރުމަށް ގާނޫނުން ލާޒިމުކޮށްފައިވެ އެވެ.
ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އަދުހަމް އިއުތިރާފްވެފައިވީ ނަމަވެސް، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ.
ނަމަވެސް މިއަދު ހައިކޯޓުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެގޮތުން، އަދުހަމް ތަހުގީގަށް ބަޔާން ދިނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށާއި ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ބުނެ އިއުތިރާފު އަނބުރާ ގެންދިޔަނަމަވެސް، ހައިކޯޓުގެ ހުކުމުގައިވަނީ އޭނާގެ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އޭގެ އިތުރުން ކުށް ކުރީ މަސްތުގެ ހާލަތުގައި ކަމަށް އަދުހަމް ބުންޏަސް، މަސްތުވީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ.
ގާސިމްގެ ކަރަށް ވަޅި ހެރިފައި ހުރި މިންވަރަށް ބަލާއިރު، އެއީ ގަސްތުގައި ކޮށްފައި ހުރި ކަމެއް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ވަޅިއެއް ހޯދައި ކުށް ކުރުމަށް ތައްޔާރުވި ތައްޔާރުވުމުން ވެސް އޭނާގެ ނިޔަތް އޮތްކަން ހާމަވާ ކަމަށް ހުކުމުގައިވެއެވެ. އަދި ގާސިމަށް ހަމަލާދޭން ބޭނުންކުރި ވަޅިން އަދުހަމް އާއި ގާސިމްގެ ވެސް ޑީއެންއޭ ފެނިފައިވާއިރު، އެ ވަޅި ބޭނުންކޮށްގެން އޭނާ ގާސިމަށް ހަމަލާދިންކަން އެނގޭ ކަމަށް ވެސް ހުކުމުގައި ވެއެވެ.
ގާސިމްގެ ވާރިސުންގެ ގޮތުގައި ތިބި ފަސް ދަރިންގެ ކިބައިން އަދުހަމް މައާފަށް އެދުނަސް ދަށު ކޯޓުގައި ހުރިހާ ވާރިސުން ވެސް އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.
ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު