އެމްޑީޕީގެ ލީޑަރޝިޕުން 'އަލްޙަމްދު' ކިޔަން ބުންޏަސް، އެކަމާ ޕީއެންސީން ދެކޮޅު ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) ވިދާޅުވެއްޖެއެވެ.
ރަށްވެހިކަމުގެ ގާނޫނަށް ގެންނަ އިސްލާހާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޖަނާބު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕަކީ ނިޔަތް ނުބައި ބައެއް ކަމަށާއި، އެބޭފުޅުން ހެޔޮ އެދިގެން ކަމެއް ކުރަން ބުންޏަސް އެކަމަކަށް އިތުބާރު ކުރެވެން ނެތް ކަމަށެވެ.
"އެމްޑީޕީގެ މިވަގުތު މިއޮތް ލީޑަރޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ އަޅުގަނޑުމެން ވާނޭ ދެކޮޅު ހަދަން. ސަބަބަކީ އެމީހުންގެ ނިޔަތް ނުބައިކަމުންނޭ،" މަޖިލީހުގެ މެންބަރުންނާ މުޚާތަބުކުރައްވައި ޖަނާބު ވިދާޅުވިއެވެ.
މި މައްސަލައިގެ މުހިންމުކަމަށްޓަކައި ދެވަނަ ފުރުސަތަކަށް އެދިވަޑައިގެން ވާހަކަދައްކަވަމުން، މިހާރު ހުށަހެޅިފައިވާ ބިލުގައިވާ ދާއިމީ އެޑްރެސް (ޕާމަނަންޓް އެޑްރެސް) ބަދަލުކުރުމާ ބެހޭ މާއްދާއަށް ވެސް ޖަނާބު ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެފަދަ ބަދަލެއް މިވަގުތު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްވެހިކަމުގެ ގާނޫނަށް ހުށަހެޅިފައިވާ މި އިސްލާހާ މެދު މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުސް ހޫނުވެފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން ދަނީ އިދިކޮޅު ފަރާތްތަކުން މިކަމުގައި ގެންގުޅޭ ވިސްނުމަށް ހޫނު ރައްދުތަކެއް ދެމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު