ކަމެއް ހިނގައިގެން ރިޕޯޓްކުރާ ހިސާބުން، އެ ސަރަހައްދެއްގެ ހާލަތު ވަގުތުން ބެލުމަށްޓަކައި "ޑްރޯން އޭޒް ފާސްޓް ރެސްޕޮންޑާ" ގެ ހިދުމަތް އަންނަ އަހަރު ތައާރަފްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، މަގުމަތީގެ ތޮއްޖެހުމުގެ ސަބަބުން ނުވަތަ ކަނޑުމަގުން ދަތުރުކުރަންޖެހިގެން ފުލުހުން ދިއުން ލަސްވި ނަމަވެސް، މި ޑްރޯންތައް މެދުވެރިކޮށް އެ ތަނެއްގެ ލައިވް ވީޑިއޯ ފީޑް ފުލުހުންނަށް ވަގުތުން ފެންނަން ފަށާނެ ކަމަށެވެ. މިއީ ފުލުހުންގެ ހިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން ކުރެވޭ މަސައްކަތެެއް ކަމަށް އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އެހީއަށް އެދޭ މީހާގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތަށް 911 އިމަޖެންސީ ސިސްޓަމް އަޕްގްރޭޑް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިއާއެކު އެ ސަރަހައްދެއްގައި ހުންނަ ސީސީޓީވީ ކެމެރާތަކުގެ މަންޒަރުތައް ވެސް ކޮމާންޑް ސެންޓަރަށް ވަގުތުން ފެންނާނެ އެވެ. މި ހުރިހާ ޓެކްނޮލޮޖީއެއް ހޯސްޓްކުރުމަށްޓަކައި އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، މި މަޝްރޫއުތައް ނިމުމުން ރައްޔިތުންނަށް ދޭ ހިދުމަތް އެތައް ގުނައަކަށް ފުރިހަމަވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު