ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފަރާތްތަކަށް ދެމުން އަންނަ އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އިއުލާންކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ، ރިޓަޔާކުރާ ފުލުހުންގެ އިނާޔަތްތައް ހިސާބުކުރުމުގައި މިހާރު ކަނޑައަޅާފައިވާ ލިމިޓު އުވާލަން ނިންމާފައިވާ ކަމަށެވެ. މީގެ ފަހުން އިނާޔަތްތައް ކަނޑައަޅާނީ އެ ފުލުހަކު މުއައްސަސާގައި ޚިދުމަތްކުރި ޖުމްލަ މުއްދަތަށް ބަލައިގެންނެވެ. މީގެ އިތުރުން، 25 އަހަރު ވަންދެން ޚިދުމަތްކުރުމަށްފަހު ރިޓަޔާކުރާ ފުލުހުންނަށް، މިހާރު ވަޒީފާގައި ދެމިތިބި ފުލުހުންނެކޭ އެއްފަދައިން ބޭސްފަރުވާގެ ކަންކަން ހަމަޖެހިގެންދާނެކަން ސީޕީ އިއުލާނުކުރެއްވިއެވެ.
ސީޕީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުލުހުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތީ މުއައްސަސާއަށް އުންމީދީ ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުލުހުންގެ ހަރަކާތްތެރިކަން ދުވަހުން ދުވަހަށް ދާނީ ހަލުވިވަމުން. ކުށްތައް ހޯދުމުގައި، ދެނެގަތުމުގައި ފުލުހުންގެ މުއައްސަސާގެ ލޯ ދުވަހުން ދުވަހަށް ދާނީ އަލިވެ، ތޫނުވަމުން،" މުއައްސަސާގެ ބުންވަރާއި ހަކަތައަށް އެއްވެސް ބަދަލެއް ނާންނާނެކަން ސާބިތުކޮށްދެއްވަމުން ސީޕީ ވިދާޅުވިއެވެ.
ފުލުހުންގެ 93 އަހަރުވީ ދިގު ތާރީޚަކީ އެތައް ބައެއްގެ ގައުމީ އަގުހުރި ޚިދުމަތުގެ ރަމްޒެއްގެ ގޮތުގައި ސީޕީ ސިފަކުރެއްވިއެވެ

ARG
ކިޔުންތެރިންގެ ހިޔާލު