މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ބާޖުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި އޮޔާދާ ކަމުގެ މައުލޫމާތު އެމްޕީއެލް އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 23:10 އެހައިކަންހާއިރު ކަމަށެވެ.މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދަށް ފުލުހުން ބުންޏެވެ.

ވުމާއެކު، މާލޭ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މާލެ ސަރަހައްދަށް މިރޭ އިރާކޮޅުން ފެށިގެން ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި ގަދަވަޔާއެކު ކޮންޓެއިނަރުތަކެއް ކަނޑަށް ދޫވި ނަމަވެސް، އޭގެ ތަފްސީލެއް އަދި އެއިން ދަތުރުކުރި ސާމާނުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު