މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ދެ ބިދޭސީއަކު ވެއްޓި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު ޗެކްމާކްސް ކައިރީގައި ހުންނަ ގޯޅިއެއްގައި އިމާރާތް ކުރަމުންދިޔަ ސައިޓެއްގައެވެ.
ރަސް އަށް ލިބިފައިވާ އިން ފޮޓޯއަކުން ފެންނަ ގޮތުގައި، އިމާރާތުގެ ބޭރުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދަމާފައި ހުރި ރަތް، ހުދު އަދި ނޫކުލައިގެ ސަތަރިތައް ހުރި ދިމާލުން ދެ މީހުން ވެއްޓުމާ ގުޅިގެން އެ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ އާންމުން އެއްވެފައެވެ.މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، އިމާރާތުން ވެއްޓުނު އެކަކު ހޮސްޕިޓަލަށް ގެންގޮސްފަައިވާއިރު އޭނާ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ރަސް އަށް ލިބިފައިވާ ފޮޓޯ އިން ފެންނަގޮތުން އިމާރާތުން ވެއްޓުނު އެކަކު ދުވާރުމަތީގައި، ފިހާރައެއްގެ ބޭރުގައި އިށީނދެގެން އިންއިރު އޭނާއަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އަދި އެ ސައިޓުގައި މަސައްކަތްކުރާ ސޭފްޓީ ހެލްމެޓް އެޅި މުވައްޒަފުންނާއި އާންމުން ދިޔައީ އަނިޔާވި މީހާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު