ޕީއެންސީގެ ތެރެއިން ވެރިކަމަށް އަތުވެދާނެ ކަމަށް ހީވާ ކޮންމެ ބޭފުޅަކު ކެބިނެޓުންނާއި މަގާމުތަކުން ވަކިކުރަމުންދާ ކަމަށް، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒާއި ވެރިކަން ކުރާ ޕީއެންސީން އިދިކޮޅު ފަރާތްތަކަކީ ހަމައެކަނި ވެރިކަން ބޭނުންވެގެން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރާއިރު، ހަގީގަތުގައި އެ ބޭފުޅުން އުޅުއްވަނީ ވެރިކަން "މުދާގަނޑެއްގެ" ގޮތުގައި ދެކިގެން ކަމަށެވެ. އަދި އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ ގައުމަށްޓަކައި ވަކި ޚާއްޞަ ތަޞައްވުރެއް (ވިޝަނެއް) ގެންނަން ބޭނުންވެގެން، ކުރަން ބޭނުންވާތީ އެ މަސައްކަތް ކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރޭގަ ތިބި މީހުން ވެރިކަން ބޭނުންވަނީ އެބޭފުޅުންގެ ވިޝަނެއް، އެބޭފުޅުންގެ ތަޞައްވުރެއް ގެނައުމަށްޓަކާ އެއީ ހަމަ ކޮށްލާހިއްވާ ކަމެއްވީމަ ކުރަން. އަޅުގަނޑުމެންގެ ތެރޭގަވެސް، އެބޭފުޅުންގެ ތެރޭގަވެސް އެބަތިބި ބައިވަރު [އެކަން ކުރަން ބޭނުންވާ މީހުން]. ބިރުގަންނަނީ އެވާހަކަ ދައްކަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ތެރެއިން ވެސް ވެރިކަމާ ހިސާބަށް ދިއުމުގެ ވިސްނުން ހުރެދާނެ ކަމަށް ރައީސް މުއިއްޒަށް ހީފުޅުވާ ކޮންމެ ބޭފުޅަކު މަގާމުތަކުން ދަނީ ވަކިކުރައްވަމުން ކަމަށެވެ. އެގޮތުން ކުރީގެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފާއި ޣައްސާން މައުމޫން ކެބިނެޓުން ވަކިކުރެއްވީ އެ ބޭފުޅުންގެ ފަރާތުން އެފަދަ ކަމެއް ފެނިގެން ނޫން ކަމަށާއި، އެއީ ރައީސް އަމިއްލަފުޅަށް ވެދާނެ ގޮތަކަށް ވިސްނަވައި ޖެހިލުންވެގެން ކުރެއްވި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ބުއްދީގެ ހަމަޔަކުން ވިސްނާލާއިރު، ޕީއެންސީގެ ތެރޭގައި ވެސް ރައީސް މުއިއްޒު ފިޔަވައި ވެރިކަމަށް ޝައުގުވެރިވާނެ އެތައް ރައްޔިތުންނާއި ބޭފުޅުންނެއް ތިބޭނެކަން ފާހަގަކުރައްވަމުން ފައްޔާޒު ވަނީ، އެހެންކަމުން ޕާޓީގެ ކޮންގްރެސްއެއް ބާއްވައިގެން ރިޔާސީ ޓިކެޓް ކަނޑައެޅުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ، އެ ފަރާތްތަކުގެ ތެރޭގައި ވެރިކަމުގެ ދަހިވެތިކަން ހުރި މީހުން ގިނަވުމުން، އެންމެންނަށް ބޮޑެތި މަގާމުތައް ބެހުމުގެ ބޭނުމުގައި ކަމަށް ރައީސް މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ. މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޣައްސާން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުން ވަނީ ގެއްލިފައެވެ. ނަމަވެސް ކުރީގެ ވަޒީރު އާދަމް ޝަރީފް މިހާރު ވަނީ ގަތަރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

IRQ
FRA
ކިޔުންތެރިންގެ ހިޔާލު