މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ފަސް ކުންފުންޏަކާ ހަވާލުކުރުމަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މި މަޝްރޫއު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ސައްތަ އިންސައްތަ ދިވެހި ކުންފުނިތަކާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ މި ފްލެޓްތައް ބަހާލެވިފައިވަނީ ކޮންމެ ކުންފުންޏަކަށް 200 ޔުނިޓް ލިބޭ އުސޫލުންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ކޮންމެ ކުންފުންޏަކުންވެސް 60 އެޕާޓްމަންޓް ދެ ކޮޓަރީގެ ގޮތުގައި ތަރައްގީކުރާއިރު، ބާކީ 140 އެޕާޓްމަންޓަކީ ތިން ކޮޓަރީގެ ޔުނިޓްތަކެވެ. މި މަޝްރޫއުގެ އެންމެ ހާއްސަ ސިފައަކީ، މީގެ ކުރިން ރާއްޖޭގައި ސޯޝަލް ހައުސިންގެ ދަށުން ބިނާކޮށްފައިވާ އެޕާޓްމަންޓްތަކަށްވުރެ މި ފްލެޓްތަކުގެ ޖާގަ ތަނަވަސްވުމެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައި 700 އަކަފޫޓް ހުންނާނެ ކަމަށާއި، ތިން ކޮޓަރީގެ އެޕާޓްމަންޓްތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ރައްޔިތުންނަށް ފަހި ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން، "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ 50،000 އަށްވުރެ ގިނަ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަން ނުވަތަ މައުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު