މިވަގުތު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާ މެދު ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ގައުމު މިހާރު ގެންދަވަނީ ބޮޑު އިންގިލާބެއްގެ ތުންފަތްމައްޗަށް ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ސްޓެލްކޯގައި ވަޒީފާ އަދާކުރަމުން އައި، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު މާސިހު އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މާސިހުއަކީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ، 2017 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި ހިދުމަތްކުރަމުން އައި ގާބިލު މުވައްޒަފެއް ކަމަށެވެ. ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ.
އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ މިފަދަ ބިރުދެއްކުންތަކާއި އަނިޔާތަކަކީ މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ވެރިކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުން އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، މި ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން މަސައްކަތްކުރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވި އެވެ.
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރަމުންދާ މައްސަލާގައި އެ ޕާޓީން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން، މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި އެމްޑީޕީން ވަނީ ހާއްސަ މުޒާހަރާއެއް ވެސް ބާއްވާފަ އެވެ.
އެ ޕާޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑުކޮށްފައިވެ އެވެ. މި މައްސަލަތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާއިރު، އެމްޑީޕީގެ ލީގަލް ޓީމުން އަންނަނީ އެ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Mohamed Masih @mohamedmasih akee Bachelors in Electrical and Electronics Engineering (honours) haasil kuravvaigen hunnevi qualified electrician eh. April 2017 infeshigen @Stelcomaldives ga vazeefa adhaakuramun dhanikoh, MDP harakaaiythakuga baiverivaathee miadhu e vanee… pic.twitter.com/YNo89RtiD8
— Mohamed Nasheed (@MohamedNasheed) June 21, 2026
އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ މިފަދަ ބިރުދެއްކުންތަކާއި އަނިޔާތަކަކީ މަގުބޫލުކަން ގެއްލިފައިވާ ރައީސް މުއިއްޒުގެ ވެރިކަމުގެ ނިޝާނެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުން އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، މި ވެރިކަން ނިމުމަކަށް ގެނައުމަށް އެމްޑީޕީން މަސައްކަތްކުރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވި އެވެ.
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ވަކިކުރަމުންދާ މައްސަލާގައި އެ ޕާޓީން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން، މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި އެމްޑީޕީން ވަނީ ހާއްސަ މުޒާހަރާއެއް ވެސް ބާއްވާފަ އެވެ.
އެ ޕާޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑުކޮށްފައިވެ އެވެ. މި މައްސަލަތަކުގެ ތެރެއިން 60 އަށް ވުރެ ގިނަ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާއިރު، އެމްޑީޕީގެ ލީގަލް ޓީމުން އަންނަނީ އެ މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

KSA
ކިޔުންތެރިންގެ ހިޔާލު