ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ރަސްމީކޮށް ޤާއިމުކޮށް، އެކަން ހާމަކޮށްފިއެވެ.
މި އޮފީހަކީ އެމްޑީޕީގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން، ޕާޓީގެ މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުން ފާސްކުރައްވައިގެން އުފެއްދި އިދާރާއެކެވެ.
ޕާޓީގެ ފަރާތުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އޮފީހުގެ މައިގަނޑު މަޤްޞަދަކީ ޕާޓީގެ ސިޔާސަތުތަކާއި ހަރަކާތްތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ހަލުވިކަމާއެކު ތަންފީޒުކުރުމަށް މަގުފަހިކުރުން ކަމަށެވެ.
އަދި މި އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމަށް، ޕާޓީގެ ސިޔާސީ މަސައްކަތްތަކުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަލްއުސްތާޛް ޙަސަން ލަޠީފް އައްޔަން ކުރައްވާފައިވާކަމަށް އެމްޑީޕީން ކަށަވަރުކޮށްދީފައިވެއެވެ.
"ބޮޑު ބަދަލު" އޮފީސް ޤާއިމުކުރުމަކީ ޕާޓީގެ ޒަމާނީކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްޑީޕީން ދެކެއެވެ.
ޙަސަން ލަޠީފްގެ އިރުޝާދުގެ ދަށުން މި އޮފީހުން ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ އަމާޒުތައް ހާސިލުކުރުމަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި އޮފީހުގެ މަސައްކަތްތަކުގެ ތަފުސީލުތަކާއި، ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތުތައް ކުރިއަށް އޮތްތަނުގައި ޕާޓީގެ ފަރާތުން ހާމަކުރަމުން ގެންދާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

JPN
KSA
IRN
ކިޔުންތެރިންގެ ހިޔާލު