ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގަނެފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދަލުގެ ތެރޭގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ކަސްޓަމްސްގެ އޮފިސަރުން ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށް ރާއްޖެ އެތެރެކުރި ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓް ތަފްސީލީގޮތެއްގައި ބަލައި ފާސްކުރިއިރު، މުދަލުގެ ތެރޭގައި ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މި ވޭޕް ކާޓްރިޖްތައް މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް މި ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގިފައި. pic.twitter.com/H95bC8p0D5
— Maldives Customs Service (@CustomsMv) June 18, 2026
ކަސްޓަމްސްއިން ބުނީ އަތުލައިގަނެވުނު މި ވޭޕް ކާޓްރިޖްތައް މިހާރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް މި ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

MAR
ކިޔުންތެރިންގެ ހިޔާލު