އެމްޑީޕީގެ ކުރިމަގާއި ރިޔާސީ ޕްރައިމަރީ ބޭއްވުމާ ގުޅޭގޮތުން ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުންނާ މަޝްވަރާކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ 'ސަންގު ޓީވީ' އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ރޭހަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ފައްޔާޒު އިސްމާޢީލް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގެ ކެމްޕޭނު އެންމެ ފޯރިއާއެކު ކުރިއަށް ގެންދަން ޖެހޭނީ އިންތިޚާބު ބާއްވާ ދުވަސްވަރު ކަމަށް އެމަނިކުފާނު ޤަބޫލުކުރައްވައެވެ. ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޕާޓީގެ މެންބަރުންނާ މަޝްވަރާކުރުމަށްފަހު އެންމެ ރަނގަޅު ގޮތަކީ ރޭވުންތެރިކަމާއެކު ސްޓްރެޓެޖިކްކޮށް ކަންކަން ބައްޓަންކުރުން ކަމަށެވެ.
ޕާޓީގެ އެތެރޭގެ މަސްލަހަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރު އެމްޑީޕީ އޮތީ ވަރަށް ބޮޑަށް އެކަތިވެފައި ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޑރ. ޝަމްހީދު ވެސް ޕާޓީގެ އަމަލީ މަސައްކަތްތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޕާޓީގެ ލީޑާޝިޕްގައި މިހާރު އެއްވެސް ޚިޔާލުތަފާތުވުމެއް ނެތް ކަމުގެ ޔަޤީންކަން ވެސް ރައީސް ނަޝީދު ދެއްވިއެވެ.
ޕާޓީން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރަށްރަށުގައި ބާއްވާ ވޯކްޝޮޕްތަކާއި ސެމިނާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕާޓީގެ މެންބަރުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މެންބާޝިޕް ޑްރައިވެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކަށް ޕާޓީގެ ތަސައްވަރު ކިޔައިދިނުމަކީ މީގެ މުހިންމު ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަހަކު މަދުވެގެން ދެ ބޮޑު ޖަލްސާ އާއި، ކޮންމެ ހަފްތާއަކު ކަންމަތީ ބައްދަލުވުންތައް މާލެއާއި އަތޮޅުތެރޭގައި އެއްފަހަރާ ކުރިއަށްދާނެއެވެ.
މަގުމަތީގެ ހަރަކާތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަހަކު ދެފަހަރު ސުލްހަވެރި ހިނގާލުންތައް ނުވަތަ މުޒާހަރާތައް ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ. އަދި މާދަމާ ރޭ ބާއްވާ ވަޒީފާ ބުރާސްފަތި ހަރަކާތަކީ ސަރުކާރު ވައްޓާލުމަށް ނުވަތަ ހަމަނުޖެހުން އުފެއްދުމަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. މި ހަރަކާތްތަކަކީ ސުލްހަވެރި ހަރަކާތްތަކެއް ކަމުން، ފުލުހުންގެ ދައުރަކަށް ވާންވާނީ ޓްރެފިކް ބެލެހެއްޓުމާއި ހަރަކާތް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

COD
CRO
PAN
ކިޔުންތެރިންގެ ހިޔާލު