ރައީސް ނަޝީދު
ރައީސް ނަޝީދު
މިހާރުގެ ސަރުކާރާއި ޕީއެންސީގެ ހާލަތާމެދު ވަރަށް ބޮޑަށް ސަންގު ޓީވީގައި މިރޭ ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ދަމަހައްޓާނެ ގޮތަކާމެދު ސުވާލު އުފެދިފައިވާއިރު، ސަރުކާރުގެ ތެރޭގައި ތިއްބެވި ބޭފުޅުންނާއި ގުޅޭގޮތުން ކޮރަޕްޝަންގެ ތުހުމަތުތަކެއް އޮތުމާއި ވަޒީރުން ބަދަލުކުރުމުގެ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހުންނެވިނަމަވެސް، އެ ޕާޓީގެ ލީޑަރޝިޕްގައި އެމަނިކުފާނުގެ މަޤްބޫލުކަން ގެއްލިފައިވާ ކަމަށާއި، ކުރިއަށް އޮތް އިންތިހާބު އެ ޕާޓީއަށް ގެއްލޭނެ ކަމުގެ މަންޒަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކަން ހިނގާ އުސޫލުން، މަޤްބޫލުކަން ގެއްލުމުން ޕާޓީގެ ލީޑަރު ބަދަލުކުރަންޖެހޭ ކަމަށާއި، މި ވަގުތަކީ އެ ޕާޓީގެ ސަލާމަތަށްޓަކައި ލީޑަރޝިޕުން ރައީސް މުއިއްޒު ދުރުކުރަންޖެހޭ ވަގުތު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ ރައީސް މުއްއިޒު ވެރިކަމުން މިއަހަރު ނިމުމުގެ ކުރިން ދުރުކުރައްވާނެ ކަމަށެވެ. މީގެ ރައްދުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަރީފް މުންދު ވިދާޅުވި ރައީސް ނަޝީދަށް އެކަން ކުރެވޭ ނަމަ ކުރިއަށް ދިއުމަށެވެ.



ކިޔުންތެރިންގެ ހިޔާލު