ސަރުކާރު ބަދަލުކުރެވޭނެ ތިން ގޮތެއް އެބަ އޮތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ބަދަލުކުރުމުގެ ގޮތްތަކުގެ ތެރޭގައި ޤާނޫނީ ހަމަތަކުން އެކަން ކުރުމާއި، މަޖިލިސް މެދުވެރިކޮށް އެކަން ކުރުމާއި، އަދި ރައީސުލްޖުމްހޫރިއްޔާއަށް ވިސްނިވަޑައިގެން އަމިއްލަފުޅަށް ފައިބައިވަޑައިގަތުން ހިމެނޭ ކަމަށެވެ.
އެމްޑީޕީގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ ރިޔާސީ ރޭހަށް ޝައުޤުވެރިކަން ހުރި ގިނަ ބޭފުޅުންތަކެއް ތިއްބެވި ނަމަވެސް، މިހާރު ޕާޓީ އޮތީ ވަރަށް ބޮޑަށް އެކަތިވެފައި ކަމަށެވެ. އަދި ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުމެއް ނެތްކަން ފާހަގަކުރައްވައި، ޕާޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ގުޅިގެން ކުރިއަށްދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީ ބޭއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، އެކަމާ މެދު ގޮތެއް ނިންމާނީ ޤައުމީ މަޖިލީހާ މަޝްވަރާކޮށް، ޕާޓީގެ މެންބަރުންގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.
މީގެ އިތުރުން، ޕާޓީގެ ކެންޑިޑޭޓް ނެރުމާއި، އިންތިޚާބީ ކެމްޕޭން ޕީކް ކުރާނެ ދުވަހެއް ކަނޑައެޅުމުގައި ސްޓްރެޓެޖިކަލީ ވިސްނަންޖެހޭނެކަން ފާހަގަކުރައްވައި، އެ ކަންތައްތަކަށްފަހު ޗެއަރޕަރސަން އިންތިޚާބު ކުރިއަށްދާނެކަމަށް ރައީސް ނަޝީދު އިތުރަށް ވިދާޅުވިއެވެ.

COD
ކިޔުންތެރިންގެ ހިޔާލު