އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ތައްޔާރީތައް ފަށައިފިއެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަ ދުވަސްތަކަށްފަހު، ޕާޓީގެ ހިންގުން ހަރުދަނާކުރުމުގެ އަމަލީ މަސައްކަތްތައް ރައީސް ނަޝީދު މިވަނީ ވަރަށް ބާރު ސްޕީޑެއްގައި ފައްޓަވާފައެވެ.
މިގޮތުން، ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް މެންބަރުންގެ ވަޓްސްއަޕް ގްރޫޕް މެދުވެރިކޮށް އެމަނިކުފާނު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ބޮޑު އަގުލަބިއްޔަތަކުން ތާއީދު ލިބިފައިވާއިރު، ޖަލްސާގައި ބައިވެރިވުމަށް މިހާރު ވަނީ ނަން ނޯޓުކުރަން ފަށާފައެވެ.
މި ޖަލްސާ ބޭއްވުމަށް މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް، ޖަލްސާގެ ރަސްމީ އެޖެންޑާ އަދި އާންމުކޮށްފައެއް ނުވެއެވެ. އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، ގައުމީ މަޖިލީހުގެ ޖަލްސާގެ ކުރިން އެމްޑީޕީގެ ހަރުގޭގައި ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ޕާޓީގެ އެތެރޭގެ އިދާރީ ކަންކަން ރޭވުމާއި ކޮންގްރެސް އަދި ގައުމީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އޮތީ ޗެއާޕާސަންގެ ކޮނޑުފުޅުގައެވެ. އަދި ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއެކު ޕާޓީ ތަމްސީލުކޮށް، މުއާމަލާތް ކުރުމުގެ ޒިންމާ ވެސް އަދާކުރައްވަނީ ޗެއާޕާސަންއެވެ.

TUR
CUW
JPN
ކިޔުންތެރިންގެ ހިޔާލު