އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ތެރޭގައި ފ. ފީއައްޔާއި ގދ. ފިޔޯރީގައި ހިނގި ހަމަނުޖެހުން
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ތެރޭގައި ފ. ފީއައްޔާއި ގދ. ފިޔޯރީގައި ހިނގި ހަމަނުޖެހުން
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ތެރޭގައި ފ. ފީއައްޔާއި ގދ. ފިޔޯރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެ ދެ ރަށުގައި އަލުން ވޯޓުލުން ނުބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުގެ ތެރޭގައި ފީއަލީގައި ހުރި ވޯޓު ފޮށި ބަޔަކު ވަގަށް ނަގާފައިވާއިރު، ފިޔޯރީގައި ހުރި ވޯޓު ފޮށި ވަނީ ފަޅާލައިފައެވެ.

ފިޔޯރީގެ ވޯޓު ފޮއްޓާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ފޮށި ފަޅާލާފައިވަނީ ރަސްމީ ހުއްދައެއް ނެތި ވޯޓުލާ މަރުކަޒުގައި ތިބި ބަޔަކު ކަމަށް ބުނެފައިވެއެވެ.

އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ މުގައްރިރު އިބްރާހީމް މުޢިއްޒު ވިދާޅުވީ، ފުރަތަމަ އެ ދެ ރަށުގައި އަލުން އިންތިޚާބު ބޭއްވުމަށް ވިސްނި ނަމަވެސް، މިހާރު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި، މި ނިންމުން ނިންމީ ޖުމުލަ ވޯޓުގެ ނަތީޖާގެ ބޮޑު ތަފާތަކާ ގުޅިގެންނެވެ. އެމްޑީޕީން އާންމުކުރި ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުން، މި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބުކުރެއްވީ 21،301 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ ތެރެއިން 68.9 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމަށް ލިބިވަޑައިގަތީ 9،462 ވޯޓެވެ. އަދި އިބްރާހީމް މުޙައްމަދަށް ލިބުނީ 132 ވޯޓެވެ. މިއީ ކުރިން އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު، އެ ޕާޓީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު