މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބު
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބު
މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި ދަތިތަކާ ގުޅިގެން ވޯޓުލުމުގެ ވަގުތު އެ ޕާޓީން އިތުރުކޮށްފިއެވެ.

މޫސުމީ ގޮންޖެހުންތަކާ ހުރެ ބައެއް ރަށްތަކުގައި ވޯޓުލުން ފެށުމަށާއި ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ވީހާވެސް ގިނަ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވޯޓުލާ ވަގުތު މިރޭ 9:00 އާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ. މި ނިންމުމުގެ ސަބަބުން، މޫސުމީ ދަތިތަކާ ހުރެ ވޯޓުލުމަށް ހުރަސްތަކެއް ކުރިމަތިވި ސަރަހައްދުތަކުގެ މެންބަރުންނަށް ވޯޓުލުމުގެ އިތުރު ފުރުސަތެއް ލިބިގެންދާނެއެވެ.

މިއަދު މެންދުރުފަހު 2:30 ގައި ފެށި މި އިންތިޚާބުގައި ޗެއަރޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.



ކިޔުންތެރިންގެ ހިޔާލު