ފީއަލީ ވޯޓުލުން | ފޮޓޯ: މީސްމީޑިއާ
ފީއަލީ ވޯޓުލުން | ފޮޓޯ: މީސްމީޑިއާ
ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފީއަލީގައި ގެންގުޅޭ ލިސްޓު، އެމްޑީޕީން އާންމުކޮށްފައިވާ ލިސްޓާ ދިމާނުވާ ކަމުގެ ޝަކުވާ ހުށައަޅާފައިވަނީ، ކެންޑިޑޭޓު މީކާއީލް މުހައްމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރެވެ. މިކަމާ ގުޅިގެން އެފޮށީގެ ވޯޓުލުން މެދުކަނޑާލާފައިވާއިރު، ވޯޓު ފޮށިވަނީ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީން ބުނީ ލިބެމުންދާ ޝަކުވާތައް ބަލަމުންދާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވައެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑޭ) ގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމެވެ.

މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބެއެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލުމަށް 241 މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ. ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށް ދާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު