މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިޚާބުގައި، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވޯޓުލައްވައިފިއެވެ.
ވޯޓުލެއްވުމަށްފަހު ޕާޓީގެ މެންބަރުންނާ މުޚާތަބުކުރައްވައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީގެ މަތިވެރި އުޞޫލުތައް ދެމެހެއްޓުމަށާއި، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ފައްކާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ތަޢާރަފުކޮށް، ވާދަވެރި އިންތިޚާބުތަކުގެ ތެރެއިން ޑިމޮކްރަސީގެ ހަގީގީ މާނަ ދިވެހިންނަށް ފޯރުކޮށްދިނުމުގައި އެމްޑީޕީން އަދާކޮށްފައިވާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މިއަދުގެ އިންތިޚާބަކީ ފޯރިގަދަ ކެމްޕޭނަކަށްފަހު ކުރިއަށްދާ ޕާޓީގެ ވަރުގަދަ ސިޔާސީ ހަރަކާތެއްކަން ފާހަގަކުރައްވައި، ވީހާވެސް ގިނަ މެންބަރުން އިންތިޚާބުގައި ބައިވެރިވެ ވޯޓުލުމުގެ ޙައްޤު އަދާކުރުމަށް ޝާހިދު ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުމުގެ ކަންކަން ރަސްމީކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

CZE
BIH
PAR
ކިޔުންތެރިންގެ ހިޔާލު