ކަމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު (ކ)
ކަމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު (ކ)
ފިލްމު ނިމޭނީ ފޮއްޓަށް އަޅާ ވޯޓުން ކަމަށާއި، ދިގު ސަފުތަކާއި ބޮޑު މަންޒަރަކުން ނޫންކަމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

ޝާކިރު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބާއި ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. ކުރީގެ ސްޕޯޓްސް ކޮމިޝަނަރ ހީނާ ސަލީމާއެކު ނަންބަރު 3 ރަމްޒުވާގޮތަށް ނަންގަވާފައިވާ ފޮޓޯއެއް މީސް މީޑިއާގައި ޙިއްސާ ކުރަށްވަމުން ޝާކިރު ވަނީ އިންތިޚާބުގެ ނަތީޖާ ބިނާވަނީ ފޮއްޓަށް އަޅާ ވޯޓުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

ޝާކިރު ވިދާޅުވީ، "އެދޭނަމަ ލޯބިވާންވީ ވެސް ހިތަށް ކުޅަދާނަ މިންވަރަކުން" ކަމަށެވެ. އެހެން ނަމަވެސް ލޯތްބަކީ ކަނުއެއްޗެއް ކަމަށާއި، އެމްޑީޕީ މެމްބަރުން މިފަހަރު ވޯޓު ދިނުމުގައި ވަރަށް ވިސްނާނެ ކަމަށް ޝާކިރު ވިދާޅުވެފައިވެއެވެ.

"ބޮޑު ސަފުތަކާއި ބޮޑު މަންޒަރެއް ނޫން ނިއްމާނީ. ފޮއްޓަށް އަޅާ ވޯޓުން ނިމޭނެ ފިލްމު." ޝާކިރު ވިދާޅުވެފައިވެއެވެ.



ޝާކިރު މިހެން ވިދާޅުވެފައިވާއިރު އޭނާ އަކީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރަށްވާ މީކާއީލަށް ތާޢީދު ކުރަށްވާ ބޭފުޅެކެވެ.

އެހެންކަމުން މިހާރު ކުރިއަށްދާ ކެމްޕޭނުގައި ރައީސް ނަޝީދު ވަޑައިގަންނަވާ ރަށްރަށުގައި ދިގު ސަފުތަކުން މަރުޙަބާ ކީ ނަމަވެސް ވޯޓު ފޮށިން ނިކުންނަ ނަތީޖާ ތަފާތުވާނެ ކަމުގެ އިޝާރާތެއް މެންބަރު ޝާކިރު މިވަނީ ދެއްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު