މަގުމަތިން ސަރުކާރު ވައްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޑރ. މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ނ. މާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، މަގުމަތިން ސަރުކާރު ވައްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
ނަމަވެސް، ރައީސް މުއިއްޒުގެ އަމަލުފުޅުތައް ހުރިގޮތުން އެމަނިކުފާނުގެ ސަރުކާރު "އަމިއްލަފުޅަށް ވެއްޓެން ތައްޔާރުވެފައިވާ" ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ޗެއާޕާސަންގެ މަގާމަކީ ހަމައެކަނި ޕާޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އޮތް މަގާމެއް ނޫން ކަމަށާއި، އެއީ ސަރުކާރު ބަދަލުކުރުމަށް ބޭނުންކުރާނެ އެންމެ ވަރުގަދަ ވަސީލަތް ކަމަށެވެ.
މި ސަރުކާރުގެ މަގުބޫލުކަން ޕީއެންސީގެ އެތެރޭގައާއި ރައްޔިތުންގެ މެދުގައި ދަށަށް ދަނީ ރައީސް މުއިއްޒުގެ ކިބައިން ފެންނަ ބޭވަފާތެރިކަމުގެ ސިފަތަކުގެ ސަބަބުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ. މިގޮތުން، ވެރިކަމަށް ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ ނަންފުޅު ބޭނުން ކުރެއްވުމަށްފަހު، ބާރު ލިބުމުން އެމަނިކުފާނަށް ބޭވަފާތެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ އެކު ވެވަޑައިގެންނެވި އެއްބަސްވުންތަކާ ޚިލާފުވެ، ފަހުން ޕީޕީއެމް އުވާލައި އޭނާ މަގާމުން ވަކިކުރެއްވިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ދައުލަތް ހިންގުމުގެ ބަދަލުގައި އެހެން ކަންކަމަށް ވަގުތު ހޭދަކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެމަނިކުފާނު އުޅުއްވަނީ "އިޝްގުގައި ބޭގަރާރުވެވަޑައިގެން" ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
އަދި އެމްޑީޕީއަކީ ސަރުކާރުން ދޭ "ނިދާ ބޭސް" ކައިގެން ނިދާފައި އޮންނާނެ ޕާޓީއެއް ނޫން ކަމަށާއި، މިހާރު އެ ނިދިން ހޭލަންވެއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

MAR
ކިޔުންތެރިންގެ ހިޔާލު