ރައީސް ނަޝީދު
ރައީސް ނަޝީދު
ރާއްޖޭގެ ތަރައްޤީ މާލެއަށް އެކަނި ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތަކުގައި ޚިދުމަތްތައް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ކުރީގެ ރައީސް ނަޝީދު ވާހަކަފުޅުދައްކަވައިފިއެވެ.

ރައީސް ނަޝީދު މާފަރުގައި ދެއްކެވި ވާހަކަފުޅުގައި ހުރިހާ ޚިދުމަތެއް މާލެއަށް ބަރޯސާވުމުގެ ސަބަބުން މާލެއާއި އަތޮޅުތަކުގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށާއި، ރަށްރަށުގެ ރައްޔިތުންނަށް އައު ތަސައްވުރެއް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާފަރަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދިން ޒިޔާރަތްކުރާ މަންޒިލަކަށް ވެފައިވާތީ، އެ ރަށުގައި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ އަސާސީ ޚިދުމަތްތައް ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޤާނޫނު އަސާސީން ތިން ބާރު ވަކިކޮށްފައި އޮތް ނަމަވެސް، ވެރިކަންކުރާ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

މަޖިލީހުގެ މެމްބަރުންގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކަންކަން ހިނގަމުންދާކަން ފާހަގަކުރައްވައި، މެމްބަރުން އެކަމުން ސަލާމަތްވެ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް