ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ގައުމުގެ ދަރަނީގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، އެ ދަރަނިތައް މެނޭޖްކުރުމަށް މި ސަރުކާރަށާއި ވަޒީރަށް އެއްވެސް ގޮތެއް ނޭނގުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ. މަޑަވެލި-ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ރޫޅެމުންދާ ކަމުގެ އިޝާރާތެއް ވެސް ނަޝީދު ވަނީ ދެއްވައިފަ އެވެ.
މީގެ އިތުރުން، ނަޝީދު ވަނީ ދިވެހިރާއްޖެ މިހާރު އޮތީ ނާޒުކު ފައްތަރެއްގައި ނުވަތަ "ހަތަރު އަނގޮޅި ކަންމަތީ" ގައި ކަމަށް ވިދާޅުވެފަ އެވެ. ރާއްޖޭގެ އާއިލާތަކުގެ އާމްދަނީ އިތުރުނުކޮށް ގައުމުގެ ސަލާމަތް ހޯދޭނެ އެއްވެސް ގޮތެއް ނެތްކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ހަލާކުގެ މަގުން ގައުމު ސަލާމަތްކޮށް، ތަނަވަސް އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް އެމްޑީޕީ ވަރުގަދަ ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީއަކީ މުޅި ރާއްޖެ ބަދަލުކުރާ މުއައްސަސާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މީގެ ކުރިން ވެސް ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނީ އެމްޑީޕީން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދީ، ގައުމުގެ މިސްރާބު ރަނގަޅުކުރުމަށް އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު