ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭ މިންވަރުން ހާމަކޮށްދެނީ އެ ޤައުމެއް ތަހުޒީބުވެފައިވާ މިންވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ބޭއްވި ރަސްމީ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އެންމެހާ ފަރާތްތަކަށް އަރިސްކުރަށްވާފައެވެ. މި ހަފުލާގެ ތެރެއިން އެކަމަނާ ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އާ ލޯގޯ އިފްތިތާޙް ކޮށްދެއްވާފައެވެ.
މި ޙަފްލާގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ޞިއްޙަތާ ގުޅޭ ކަމަކަށް ވުރެ މާނަފުޅާ ކަމެއްކަން ފާހަގަކުރެއްވިއެވެ. ޤައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ފެންވަރެއްގައި ކަށަވަރުކޮށްދެވިފައި އޮތުމަކީ އެ ޤައުމެއްގެ އިންސާނީ އަޚުލާޤު ހަރުދަނާވެ، ދިރިއުޅުމުގެ އާދަތައް ރީތިކުރެވިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ކާބޯތަކެތީގެ ޙަޤީޤީ ރައްކާތެރިކަމަކީ ޤައުމެއްގެ ހޭލުންތެރިކަމާއި ތަހުޒީބާ ލާމެހިފައިވާ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި – ބަލިމަޑުކަމަށް ޙައްލެއް" މީގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ޞިއްޙަތާ ގުޅިފައިވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދިރިއުޅުމުގެ ރީތި އާދަތައް ޅަފަތުގެ ތަރުބިއްޔަތުން ފެށިގެން މަދަރުސާއާއި މުޖުތަމަޢުގެ ތެރެއިން އަށަގަންނުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ޤާނޫނުގެ ދަށުން އެމް.އެފް.ޑީ.އޭ އިން އެކުލަވާލަމުންދާ ޤަވާއިދުތަކުގެ ސަބަބުން މި ނިޒާމު އިތުރަށް ހަރުދަނާވާނެކަން ފާހަގަކުރަށްވައި، ރާއްޖޭގެ ޖިއޮގްރަފީ އޮތްގޮތުން ބޭރުގެ މާކެޓްތަކަށް ކާބޯތަކެތި އެކްސްޕޯޓްކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. އެހެންނަމަވެސް، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ގޭގެ ފެންވަރުގައި އުފެއްދުމުގެ ފުރުޞަތު އޮތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ވަން-ގަވް ޕޯޓަލް މެދުވެރިކޮށް މިއަދު އިފްތިތާޙްކުރެވުނު ދަފްތަރުގެ ސަބަބުން އަމިއްލަ މަސައްކަތުން ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ހަފުލާގައި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އަހުލުވެރިކުރުމުގެ ޕްރޮގްރާމް "ސަމާވަރު" އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. މީގެ އިތުރުން، އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދާ ފަރާތްތައް ވަން-ގަވް ޕޯޓަލް މެދުވެރިކޮށް ދަފްތަރުކުރުމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ރަސްމީ ޙަފްލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނިލަންދޫއަށް ވަޑައިގަތުމުން އެ ރަށުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު