ދިވެހިރާއްޖެއަށް އައި ހުރިހާ ބޮޑެތި ބަދަލުތަކެއް ގެނައީ އެމްޑީޕީން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި ގައުމަށް ބަދަލު ގެނެވޭނީ އެ ޕާޓީއަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެމްޑީޕީން ފެންނަ ނުފެންނަ ވޯޓާއި، ކައުންސިލް އިންތިހާބުގެ އިތުރުން ބައި އިލެކްޝަންގެ ވޯޓު ކާމިޔާބުކުރި ނަމަވެސް، މިހާރު ޕާޓީ އޮތް "ލޮނުމަޑު" ހާލަތުގައި އޮވެގެން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ، އެމްޑީޕީން ގެންނަން މަސައްކަތްކުރާ ”ބޮޑު ބަދަލު“ގެ މެސެޖު ހުރިހާ ރައްޔިތުންނާ ހަމަޔަށް ވާސިލްކޮށްދީ، ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން ޖެހޭ ކަމަށެވެ.
ވަކިން ހާއްސަކޮށް، މީގެ ކުރިން ރާއްޖޭގައި އޮތް އަނިޔާވެރިކަމާއި ދަތި ހާލަތްތައް ތަހައްމަލު ކުރަން ނުޖެހޭ، އަދި އެމްޑީޕީން ކުރި ބުރަ މަސައްކަތްތައް ނުފެންނަ ޒުވާނުންނަށް އެމްޑީޕީއަކީ ތަފާތު ފިކުރެއްގެ ބައެއްކަން ސާބިތުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރުގެ ހާލަތު ނޭނގޭ އެތައް ޒުވާނުންނަކަށް އަޅުގަނޑުމެން އެބަ ޖެހޭ ދައްކަން އަޅުގަނޑުމެންނަކީ ތަފާތު ބައެއްކަން. އަޅުގަނޑުމެންނަކީ ދިވެހިރާއްޖެ ބަދަލުކުރި މީހުންކަން އަދި ކުރިއަށްއޮތްތާ ބަދަލު ކުރާނެ ބަޔަކީވެސް އަޅުގަނޑުމެންކަން." ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެން އެކުގައި ނިކުމެ، މި ގެންނަން އުޅޭ ބޮޑު ބަދަލުގެ ވާހަކަ މުޅި ރާއްޖެއަށް އިއްވައިގެން ކަމަށެވެ. އަދި މި އަމާޒުތަކަށް ވާސިލްވުމަށްޓަކައި އެންމެ ފަސޭހަ މަގަކީ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ޗެއަރޕާސަން ކަމަށް އިންތިހާބު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، މުޅި އެމްޑީޕީ އެއްގަލަކަށް އަރުވައި، ޕާޓީ ރުކުރުވާލައިގެން ކުރިއަށް ގެންދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު ކަމުގެ ފުރިހަމަ ޔަގީންކަން ފައްޔާޒު ވަނީ އެމްޑީޕީގެ މެންބަރުންނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު