އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް، އެ ޕާޓީގެ އާންމު މެންބަރުންނަށް މުހިންމު އިންޒާރެއް ދެއްވައިފިއެވެ.
ތިނަދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، މި އިންތިޚާބުގައި ނުބައި ނިންމުމެއް ނިންމިއްޖެނަމަ، ޕާޓީގެ ހިންގުން ވަކި ކުޑަ ގްރޫޕެއްގެ ބާރުގެ ދަށަށް ގޮސް، އާންމު މެންބަރުންގެ ބާރު ކެނޑިގެން ހިނގައިދާނެ ކަމަށެވެ.
މީކާއީލް އިތުރަށް ވިދާޅުވީ ޕާޓީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ތަނަކަށް ހެދުމުގެ ބަދަލުގައި، ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ހިނގާ ވަރުގަދަ މުއައްސަސާއަކަށް ހެދުމަކީ މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭ ކަންތައް ކަމަށެވެ.
އޭނާ މި އިންތިޚާބަށް ނުކުންނެވީ ވަކި "އެދުރަކާ" ވާދަކުރައްވަން ނޫން ކަމަށާއި، އެއީ ޕާޓީ ހިންގުމުގެ ފުރުސަތު ހޯދުމަށް ކުރައްވާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އޮތީ މިމަހު 12 ވަނަ ދުވަހުއެވެ.

MAR
ކިޔުންތެރިންގެ ހިޔާލު