ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިންގައި ކޮވިޑް ޖެހުނު މީހުން އިތުރުވެ، މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 3 ލައްކަ އަށް ވުރެ ގިނަ ވެއްޖެ ކަމަށް އެގައުމުގެ ސެކިއުރިޓީ ކައުންސެލުން ހާމަކޮށްފިއެވެ.

ޔުކްރެއިންގެ ސެކިއުރިޓީ ކައުންސެލުން ހާމަކޮށްފައިވާ ގޮތުން، މިދިޔަ 24 ގަޑިއިރުތެރޭ 4،766 މީހުން ކޮވިޑްއަށް ޕޮސިޓިވްވެ، މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 303،638 އަށް ވަނީ އަރައިފިއެވެ.

މީގެ އިތުރުން، މިހާތަނަށް ކޮވިޑް ޖެހިގެން ޔުކްރެއިންގެ 5،673 މީހަކު މަރުވެފައިވެސް ވެއެވެ.

ޔުކްރެއިންގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހެމުންދާ މީހުންގެ އަދަދު އިތުރުވެ، މިދިޔަ ހޮނިހިރު ދުވަހު 6،410 މީހުންނަށް ކޮވިޑް ޖެހި، މިހާތަނަށް އެއްދުވަސްތެރޭ އެންމެ ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާ ދުވަހަކަށް މިދިޔަ ހޮނިހިރު ދުވަސްވަނީ ވެފައެވެ.

ޔުކްރެއިންގައި ކޮވިޑް ޖެހެމުންދާ މީހުންގެ އަދަދު ގިނަވަމުން ދިއުމާއި ގުޅިގެން ލޮކްޑައުންއަށް އެޅިފައިވާ ފިޔަވަޅުތައް މިއަހަރު ނިމެންދެން ކުރިއަށް ދާނެކަމަށް ޔުކްރެއިންގެ ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން