ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން މިއަދު އާންމުކޮށްފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މިއަދުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެމްބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެ ކަމަށެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.
މިހާރު އާންމުކޮށްފައިވާ ލިސްޓުގައި ވޯޓްލާ މީހާގެ ނަމުގެ އިތުރުން، ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ ރަށާއި އަތޮޅުގެ މައުލޫމާތު ވަނީ ހިމަނާފައެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު ބާއްވާ މި އިންތިޚާބުގައި ޖުމްލަ ތިން ބޭފުޅަކު ވާދަކުރައްވައެވެ. އެއީ ރައީސް މުޙައްމަދު ނަޝީދު (އަންނި)، ގ.ކެނެރީގެ، މާލެ އާއި، އިބްރާހީމް މުޙައްމަދު (ވާޑު)، ހުދުވިލާގެ، ލ.ފޮނަދޫ އާއި، މީކާއީލު އަޙްމަދު ނަސީމް، ގ.ބަރޯސާ، މާލެ އެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މިދިޔަ ނޮވެމްބަރު މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި އިންތިޚާބުގައި ފައްޔާޒު އިސްމާޢީލް ތާއީދު ކުރައްވަނީ މުޙައްމަދު ނަޝީދު (އަންނި) އަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ތާއީދު ކުރައްވަނީ މީކާއީލް އަޙްމަދު ނަސީމަށެވެ.
ޗެއަރޕާސަން އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ އެންމެ މުހިންމު އެއް އިންތިޚާބެވެ. އިންތިޚާބުގެ ތައްޔާރީތައް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު