މީޑިއާގެ މިނިވަންކަމަށް ގޮވާލައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ފުލުހުންގެ ބަންދުން މިހާރު ވަނީ ދޫކޮށްލާފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިހުތިޖާޖުގެ ތެރެއިންނެވެ. އެ ދުވަހުގެ މުޒާހަރާއިން ލޫކަސްއާ އެކު އިތުރު ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައެވެ.
އޭގެ ޖެހިގެން އައި ދުވަހު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ލޫކަސްގެ ބަންދަށް 10 ދުވަސް އިތުރުކޮށްދީފައެވެ. އަދި އޭނާއާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ހަތް މީހަކު ދޫކޮށްލިއިރު، ބާކީ ތިބި ދެ މީހުންގެ ތެރެއިން އެކަކަށް ފަސް ދުވަސް އަދި އަނެކަކަށް ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދިނެވެ.
ލޫކަސް ހައްޔަރުކުރުމާ ގުޅިގެން ސަރުކާރާ އިދިކޮޅު ގިނަ ބަޔަކު ވަނީ އޭނާއާއި ހައްޔަރުގައި ތިބި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލައި އަޑުއުފުލާފައެވެ. މި މުޒާހަރާގެ އަސްލަކަށްވީ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ޖަލަށްލުމެވެ.
މީގެ ތެރެއިން ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކުރީ އެ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެއާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ޚަބަރު ގެނެސްދިން ގޮތުންނެވެ. އަދި ހަމަ އެ ދުވަހު ނޫސްވެރިޔާ ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ހުކުމްކުރީ، އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުނު ކަމަށް ބަލައިފައެވެ. މި ދެ ނޫސްވެރިންގެ ތެރެއިން ލީވާން ވަނީ މިދިޔަ ހުކުރު ދުވަހު ބަންދުން މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު