ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފާދިއްޕޮޅަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި އެ އަތޮޅު ހިންނަވަރަށް ވަޑައިގެން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފަންގެ، "ނޫރާނީއާގެ" އަށް ޒިޔާރަތްކުރައްވައިފިއެވެ.
ރަށަށް ފައިބާވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ނޫރާނީއާގެއަށް ވަޑައިގަތުމުން، އެގޭގައި ތިއްބެވި ރައީސް ސޯލިހުގެ އާއިލީ ބޭފުޅުންނާއި ހިންނަވަރުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހުގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، ހާލުއަހުވާލު އޮޅުންފިލުއްވާފައެވެ.
މި ދަތުރުފުޅު ކުރިއަށް މިދަނީ ރައީސް ނަޝީދު އަލުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ. ދާދިފަހުން ރާއްޖޭގެ އެކި ރަށްތަކަށް ފެއްޓެވި ކެމްޕޭން ދަތުރުތަކުގައި އެމަނިކުފާނު ވަނީ މީގެ ކުރިން އެމްޑީޕީ ދޫކޮށްލެއްވުމަށް ނިންމެވި ނިންމެވުމާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން، އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ޕާޓީން ވަކިވެވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އެއީ އޭރުގެ ސިޔާސީ ހާލަތާއި ރައީސް ސޯލިހާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ފާދިއްޕޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ޅ. ހިންނަވަރުގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްތަކަށްވެސް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު