ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ކުރިއެކޭވެސް އެއްގޮތަށް އިންތިހާއަށް ގަދަވެ، ޕާޓީގެ އެތެރޭގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.
މި ފަހަރުގެ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭނާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕޭނާ ދެމެދުގައެވެ. ދެ ފަރާތުގެ ކެމްޕޭން ހަރަކާތްތައް ރާއްޖޭގެ އެކި ކޮޅުތަކުގައި ފުޅާދާއިރާއެއްގައި ކުރިއަށްދާއިރު، ސޯޝަލް މީޑިއާގަޔާއި އެކި ޕްލެޓްފޯމްތަކުގައި ދަނީ ބަހުގެ ވަރުގަދަ އަދި ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުންނެވެ.
މި ވާދަވެރިކަމުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ވެސް ވަނީ ޚިޔާލުތަފާތުވުންތައް ބޮޑުވެ، ކެމްޕޭންގެ މާހައުލު ކުރިއަށްވުރެ ބޮޑަށް ނުތަނަވަސްވެފައެވެ.
މި ފަހަރުގެ ބަހުސްތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދައުރު ނުނިމެނީސް، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައި ސީދާ އެމްޑީޕީއާއި ދެކޮޅަށް ނުކުތުމެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވުނު މައިގަނޑު ސަބަބުކަމަށް އެޕާޓީގެ އާއްމު ގިނަ މެމްބަރުން ޤަބޫލުކުރެއެވެ. އަދި ރައީސް ނަޝީދު އަނެއްކާ ޕާޓީއާގުޅިވަޑައިގެން ޗެއަރޕާސަންއަށް ކުރިމަތިލައްވައި ކޭމްޕޭން ކުރައްވަމުންގެންދަވާއިރު، މިދެންނެވި ޕާޓީގެ އާއްމު މެމްބަރުންގެ ނުތަނަވަސްކަން އިންތިހާއަށް ހުރިކަން އެމީހުންގެ ވާހަކަތަކުން ހާމަވެގެންދެއެވެ.
ދާދިފަހުން ބޭއްވުނު ކެމްޕޭން އެއްވުމެއްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ދޫކޮށްލެއްވި ނިންމެވުމާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް، އެމަނިކުފާނުގެ ވާހަކަފުޅު އެވަރުން އެކަނި ނިންމާލެއްވީއެއް ނޫނެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ކަންތައްތައް ހިނގާދިޔަ ގޮތަށް ބަލާއިރު، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށެވެ. މި ވާހަކަފުޅާއެކު ޕާޓީގެ ތެރޭގައި ވަރަށް ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.
ރައީސް ނަޝީދަށް ރައްދުދެއްވަމުން، ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވަނީ ވަރަށް ހަރުކަށި ބަހުން ރައްދު ދެއްވާފައެވެ. މީކާއީލް ވިދާޅުވީ، ޕާޓީގެ އެންމެ އުނދަގޫ އަދި ނާޒުކު ދަނޑިވަޅުގައި ޕާޓީ ރޫޅާލުމަށްފަހު ވަޑައިގަތުމުން، އެކަމުގެ ހިތްދަތިކަން ތަހައްމަލުކުރި އާންމު މެންބަރުން ރައީސް ނަޝީދުގެ ކިބައިން މާފަށް އެދެންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި، ޕާޓީއަށް ވަފާތެރިކަމާއެކު ތިބި މެންބަރުންނަށް ލިބުނު ދެރައާއި ގެއްލުމުގެ ޒިންމާ ނަޝީދު އުފުއްލަވަންޖެހޭނެ ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ.
މި ރައްދުގެ ސަބަބުން ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި އޮތް ރޫހު އިތުރަށް ގޯސްވެ، ކެމްޕޭންގެ މަސްރަޙު ވަނީ އެއް ފަރާތުން އަނެއް ފަރާތަށް ބަހުގެ ހޫނު ހަމަލާތައް އަމާޒުކުރާ ހަނގުރާމައަކަށް ބަދަލުވެފައެވެ.
މި ހަލަބޮލިކަމުގެ ތެރެއަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ވިސްނުންތެރި، ނަމަވެސް ސީދާ މެސެޖުތަކެއް ހިމެނޭ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ މިއީ ރައީސް ނަޝީދު ފަދަ ޕާޓީގެ ތާރީޚީ އަދި އިސް ބޭފުޅަކު ވާދަކުރައްވަންޖެހޭނެ އިންތިޚާބެއް ނޫން ކަމަށެވެ. ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށާއި، ޒުވާން ޖީލަށް ސިޔާސީ މައިދާނުން ފުރުސަތު ހުޅުވާލުމަށްޓަކައި، އާ މޫނުތަކަކަށް ޖާގަދޭންޖެހޭ ކަމަށް އެމަނިކުފާނު ވަކާލާތު ކުރެއްވިއެވެ.
ރައީސް ޞާލިޙްގެ މި ޚިޔާލަށް ޕާޓީގެ އެތެރޭގެ ގިނަ ބަޔަކު ތާއީދުކުރާއިރު، އަނެއް ބަޔަކު ދެކޭގޮތުގައި ޕާޓީ ހަމަމަގަށް އެޅުވޭނީ ތަޖުރިބާކާރު ލީޑަރަކަށެވެ.
މި ހުރިހާ ވާދަވެރިކަމަކާއެކު، އެމްޑީޕީގެ އާންމު މެންބަރުންގެ ހިތްތަކުގައި މިހާރު އުފެދެމުންދާ އެންމެ ބޮޑު ސުވާލަކީ، ޖޫން 12 ގެ އިންތިޚާބަށްފަހު ޕާޓީގެ މުސްތަޤްބަލް ވާނީ ކިހިނެއްތޯ އެވެ.
ކޮންމެ ބޭފުޅަކު ޗެއާޕާސަން ކަމަށް ހޮވުނު ކަމުގައި ވިޔަސް، މިހާރު އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި ރެނދުތައް ފޫބައްދައި، ޕާޓީ ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. އިންތިޚާބުގެ މިހާރުގެ މަންޒަރަށް ބަލާއިރު ފެންނަނީ ޕާޓީގެ އެތެރޭގެ ރޫހު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ތަނެވެ.
މިއީ އެމްޑީޕީގެ ފަހުގެ ތާރީޚެއްގައި، އެތެރޭގެ މަޤާމަކަށް މިހާ ބޮޑު ވާދަވެރިކަމެއްގެ ތެރެއިން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވި، ޕާޓީގެ މުސްތަޤްބަލާ މެދު މިހާ ބޮޑަށް ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު