އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކާ ހުރެ 2023 ވަނަ އަހަރު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަތުމަށްފަހު އަލުން ސިޔާސީ ހަރަކާތްތަކަށް ނުކުންނަވަން ނިންމެވި ސަބަބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ޖެނުއަރީ 2024 ގައި ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގެން ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި ނަޝީދު، މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވެސް އަމަލީގޮތުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިވަގުތު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު، ގދ. ތިނަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވީ، ގާނާގައި ހުންނަވަނިކޮށް އެނބުރި ރާއްޖެ ވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ފައްޔާޒުއާ އެކު ގާނާގައި ހަފްތާއެއްހާ ދުވަހު ހޭދަކުރެއްވި ނަމަވެސް، ރާއްޖެ ވަޑައިގެން ސިޔާސީ މަސައްކަތްތަކުގައި އަލުން އުޅުއްވުމާ މެދު އޭރު ވަކި ޖަވާބެއް ނުދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، ފައްޔާޒު ގާނާއިން ފުރައިގެން ނުދެވި އުޅެނިކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނުކޮށްގެން ތިނަދޫގެ މޭޔަރު ސައުދު އަލީ ސަސްޕެންޑުކުރި ހަބަރު ލިބިވަޑައިގަތުމާއެކު ހިޔާލު ބަދަލުވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމުގެ އަސްލު ބޭނުމަކީ ސަރުކާރުގެ ނުފޫޒެއް ނެތި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުންކަން ފާހަގަކުރައްވަމުން، ރައީސް މުހައްމަދު މުއިއްޒުގެ ހުދުމުހުތާރު އަމަލުތަކުގެ ސަބަބުން، ތިނަދޫ ރައްޔިތުން އިސްވެ ތިބެ ބިނާކުރި އެ ނިޒާމު ރޫޅެމުންދާ ތަން ވަރަށް ސާފުކޮށް ފެންނަން ފެށުމުން އަލުން ސިޔާސީ މައިދާނަށް ނުކުންނަވަން ނިންމެވީ ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
އެމްޑީޕީ އުފެއްދުމާއި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ތިނަދޫއަކީ އަބަދުވެސް އިންސާފާއި ތަނަވަސްކަމަށް އެދި ބަދަލަކަށް މަސައްކަތްކުރި، އެންމެ ބޮޑު ގުރުބާނީއެއްވި ރަށްކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ވެރިކަމުގެ ނިޒާމަށް ގެންނަން އުޅޭ ބަދަލުތަކާއެކު އެމަނިކުފާނާއި ފައްޔާޒު އިސްވެ ކުރައްވަމުން ގެންދަވާ 'ބޮޑު ބަދަލު'ގެ މަސައްކަތަށް، ތިނަދޫ ކައުންސިލަރުންނާއި މަޖިލިސް މެމްބަރުން ހިމެނޭހެން އެ ރަށު އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު