ކުރިއަށްއޮތް 2028 ވަނަ އަހަރަށް އެމްޑީޕީގެ އެއްބައިވަންތަކަން ގެއްލުވާލައި، ޕާޓީގެ އާންމު މެންބަރުން މަގުމަތިކޮށްލުމުގެ ފުރުސަތު ނުދިނުމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.
މާލޭގައި ރޭ ބޭއްވި "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ، އެ މަގާމަށް ވާދަކުރައްވާ އެއްވެސް ބޭފުޅަކު ރިޔާސީ ވަކި ކެންޑިޑޭޓަކު އެންޑޯޒްކޮށްގެން މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށެވެ. އެއީ ކުރިއަށްއޮތް 2028 ގެ ރިޔާސީ ޕްރައިމަރީއާ މެދު އާންމު މެންބަރުންގެ ހިތްތަކުގައި އޮތް އިތުބާރު ގެއްލި، ޕާޓީގެ އެތެރޭގައި ބައިބައިވުމާއި ފިތުނަ އުފެދޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭގެ ސަބަބުން 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމުގެ ބިރު އެބައޮތް ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
"އަޅުގަނޑު އާދޭސް ދަންނަވަން. އެމްޑީޕީގެ އާންމު މެންބަރުންނަށް އަޅުގަނޑު އާދޭސް ދަންނަވަން، މިފަހަރު ތިބޭފުޅުން މަގުމަތި ކުރިޔަ ނުދެއްވާތި. މިފަހަރު ތިބޭފުޅުން މަގުމަތި ކޮށްލިޔަ ނުދެއްވާތި. މިފަހަރު 2028 އަށް މި ޕާޓީގެ އެއްބައިވަންތަކަން ގެއްލުވާލިޔަ ނުދެއްވާތި،" ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވައި މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީއަށް އަބަދުވެސް އިންތިޚާބުތައް ކާމިޔާބު ކުރެވިފައިވަނީ ހުރިހާ މެންބަރުން އެކުއެކީގައި ސަފުތައް ބަދަހިކޮށްގެން ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރު ވައްޓާލުމަށްވުރެ ބޮޑަށް ޕާޓީގެ އެތެރޭގެ ހަމަޖެހުން ޤާއިމުކުރުން މާ މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަނގަޅު، 2028 ގެ ކުރިއަށް އަޅުގަނޑުމެންނަށް ފަހަރުގައި މުއިއްޒުގެ ސަރުކާރު ނިންމާލެވިދާނެ. އެކަމަކު ދެންވާނީ ކީއްތޯ؟ އަޅުގަނޑުމެން ވިސްނަންޖެހޭ. ސަރުކާރެއް ނިންމާލުމަކުން އަދި ހަމަޖެހުމެއް މި ޤައުމަކަށް ނާދޭ. މި ޕާޓީއަށް ހަމަޖެހުން އޭގެ ކުރިއަށް އަޅުގަނޑުމެން ގެންނަންޖެހޭ. މި ޕާޓީގެ ސަފުތައް ބަދަހިކުރަންޖެހޭ. މި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ރަނގަޅުކުރަންޖެހޭ."މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވަނީ ޕާޓީގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އަންނަ ޖޫން މަހު އެމްޑީޕީއަށް 21 އަހަރު ފުރޭއިރު، ކަންމަތީ ފިހާރައެއްގައި ހުންނަ މިންވަރަށްވެސް ޕާޓީގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް، އާކައިވެއް ނުވަތަ އިންވެންޓްރީއެއް ނެތުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އޭނާގެ އަމާޒަކީ މިފަދަ އަސާސީ ކަންކަން އިސްލާހުކޮށް ޕާޓީއަށް އިތުބާރު ހޯދައިދިނުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު