އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރުމުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުވުން ގާތްވާނެ ކަމަށް އެ ޕާޓީގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ ކުރީގެރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ތިނަދޫ ސިޓީ އާއި މާލޭގައި އެއްފަހަރާ ކުރިއަށް ގެންދިޔަ "ބޮޑު ބަދަލު" ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ފައްޔާޒް އިސްމާއީލް އާއެކު ޕާޓީގެ ތެރެއިން ގެންނަން މަސައްކަތްކުރާ ބޮޑު ބަދަލާ އެކު ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުން އެއްބަސްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޗެއާޕާސަން ކަމުގެ ދަށުން މި ބަދަލުތައް ގެނައުން ފަސޭހަވެގެންދާނެ ކަމަށް ޕާޓީގެ މެންބަރުން ފާހަގަކުރާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެމް.ޑީ.ޕީ އަލުން އަނބުރާ ސަރުކާރާ ހަވާލުވުމަށް އަޅުގަނޑުގެ ބެލުމުގެ ދަށުން މަސައްކަތް ކުރީމާ ކާމިޔާބުވުން ގާތްވާނެ ކަމަށް އެ ބޭފުޅުން އެބަ ފާހަގަކުރޭ. އެއީ އަޅުގަނޑަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ޕާޓީގެ ތާރީޚަށާއި އެމްޑީޕީ ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ "އޮޑީގައި" ޖަހާފައިވާ ކޮންމެ މޮހޮރަކާއި، އީސްކުރެއް އަދި ކޮންމެ ގަނޑެއް ޖަހާފައިވަނީ އެމަނިކުފާނުގެ އަތްޕުޅުން ނުވަތަ އެމަނިކުފާނު ބައްލަވަން ހުންނަވައިގެން ކަމަށެވެ. އެހެންކަމުން ޕާޓީ ކުރިއަށްދާނެ ގޮތުގެ ފުރިހަމަ ތަސައްވުރެއް އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން، އެމަނިކުފާނަށް އޮތް މަސްއޫލިއްޔަތު ވަރަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާ ކަމަށާއި، މިހާރު އޮތް ވެރިކަން ބަދަލުކޮށް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބީ ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު