ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުން ބަލައިގަނެ، އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މި ގަރާރަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) އެވެ. ޖަލްސާއަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ގަރާރު ވަނީ ފާސްކޮށްފައެވެ.
ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގަތީ، މިހާރުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެއެވެ. އަދި ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުވުމަކީ މި މަސައްކަތުގެ މައިގަނޑު ބޭނުން ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ފައްޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ތިން ރައީސުން އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގައި އެމްޑީޕީން ބައިވެރިވުމަކީ ދިވެހި ރައްޔިތުންނާއި ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. އެގޮތުން، 15 މެއި 2026 ގައި އެ ބޭފުޅުން ނެރުއްވި ގުޅިފައިވާ ބަޔާން ބަލައިގަނެ، އެ ބަޔާނުގައިވާ ކަންކަން ތަންފީޒުކުރުމަށް އެމްޑީޕީން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ގަރާރުގައިވެއެވެ.
މީގެ ކުރިން ސިޔާސީ ގޮތުންނާއި ފިކުރީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ރައީސް ޔާމީނާއެކު މަސައްކަތް ކުރަން އެމްޑީޕީން ނިންމި ނިންމުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން އިސްލާހުކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު