ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަން (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސަރުކާރާ ދެކޮޅަށް ތެދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންދާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
އައްޑޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ ޞާދިޤް (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ސަމާސާއަކަށް ދައްކަވާ ވާހަކައެއް ނޫން ކަމަށާއި، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރައްވާނެ ކަމަށެވެ.
ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން މިހާރުވެސް ތިއްބެވީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހި، ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ ގަރާރުގައި ސޮއިކުރައްވަން ވަރަށް ބޮޑަށް ތައްޔާރަށް ކަމަށާއި، އެ ގަރާރު މަޖިލީހަށް ހުށަހަޅާއިރު އެންމެ ފުރަތަމަ އޮންނާނީ އެމަނިކުފާނުގެ ސޮއިކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވިއެވެ.
މަޖިލިސް ތެރެއިން ސިއްރިއްޔާތުގައި ރޭވިގެން ބޮޑެތި ސިޔާސީ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި، ވޯޓުލާ ހިސާބުން ސަރުކާރު ހިންގާ ކޯލިޝަންގެ އެތެރޭގައި ހުރި ރޫޅުންތަކާއި ނުތަނަވަސްކަން ފާޅުވެ، ބަރުލަމާނީ މައިދާނުން ސަރުކާރަށް ބޮޑު ސިހުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު އިންޒާރު ކުރެއްވިއެވެ.
މިހާރުގެ ސަރުކާރުގެ އިގްތިސާދީ އަދި ތަރައްގީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުގައި ހާއްސަކޮށް އައްޑޫގެ ތަރައްގީއާ މެދު އެއްވެސް ވިސްނުމެއް ނުވަތަ ތަސައްވުރެއް ނެތް ކަމަށެވެ. އަތޮޅުވެރިންނާއި މިނިސްޓަރުން އޭސީ ކާރުތަކުގައި ބުރުޖެހުމަކީ ތަރައްގީ ކަމަށް ދެކުނު 30 އަހަރު ކުރީގެ މާޒީއަށް ގައުމު ސަވާރުކުރަން އުޅޭ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
ގައުމުގެ މާލީ ހާލަތު އިންތިހާއަށް ދައްވަމުންދާއިރުވެސް، ސަރުކާރުން އިސްރާފު ބޮޑުކޮށް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ ކަމުގެ ތުހުމަތު ކުރައްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ގައުމީ ބޮޑެތި މައްސަލަތަކަށްވުރެ ބޮޑަށް، ސަރުކާރުން އިސްކަންދެނީ ވަކި ސިޔާސީ ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެންދާނެ ދުވަސް މާލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން މި އަހަރަކީ ސަރުކާރު ބަދަލުކުރުމުގެ އަމާޒަށް ވާސިލުވުމަށް ހިފާފައިވާ އުންމީދީ އަހަރެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެންދާނެ ކަމެކެވެ.
މަޖިލީހުގެ ތެރެއިން މިފަދަ ހަރަކާތްތަކެއް ފެށިގެންދިއުމަކީ ގާނޫނީ އަދި ދުސްތޫރީ ބޮޑު ލޮޅުމެއް އަޔުމުގެ ފެށުން ކަމަށާއި، މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކަށްވެސް އޭގެ ސީދާ ނުފޫޒު ފޯރާނެ ބޮޑު ސިޔާސީ ގަޑުބަޑެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު