ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ސަރުކާރާ ދެކޮޅަށް ތެދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ އަބްދުﷲ ޞާދިޤް (ސޯބެ) ގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ޖަލްސާގެ ބައިވެރިންނާ މުހާތަބުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ޕާޓީ ބަދަލުކުރައްވައި، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ސޮއިކުރައްވަން ތިއްބެވީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. އަދި އެ ގަރާރު މަޖިލީހަށް ހުށަހަޅާއިރު، އެންމެ ފުރަތަމަ އޮންނާނީ އެމަނިކުފާނުގެ ސޮއިކަމުގެ ޔަގީންކަން ވެސް ނަޝީދު ދެއްވިއެވެ.
"އަޅުގަނޑުމެން މިކަމާ މިއުޅެނީ ކުޑަކޮށްލާކަށް ނޫން، ސަމާސާ ކޮށްލާކަށް ވެސް ނޫން، މަޖަލަކަށް ވެސް ނޫން. އިރާދަކުރެއްވިއްޔާ މި ވެރިކަން، މި އަހަރު ނިމުމުގެ ކުރީގައި ބަދަލުކުރާނަން،" ސަޕޯޓަރުންގެ ބޮޑު ތަރުހީބަކާއެކު ނަޝީދު ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، މި ސަރުކާރުގައި އައްޑޫގެ ތަރައްގީއާ މެދު އެއްވެސް ތަސައްވުރެއް ނުވަތަ ވިސްނުމެއް ނެތް ކަމަށެވެ. އަދި އަތޮޅުވެރިންނާއި މިނިސްޓަރުން އޭސީ ކާރުތަކުގައި އުޅުމަކީ ތަރައްގީ ކަމަށް ދެކުނު 30 އަހަރު ކުރީގެ މާޒީއަށް އެނބުރި ދިއުމަށް ރާއްޖޭގެ ރައްޔިތުން ބޭނުންނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަޖިލިސް ތެރެއިން މިހާރު ރޭވިގެން ކުރިއަށްދާ މަސައްކަތްތަކާއެކު، ޕީއެންސީގެ މެންބަރުން ރައީސް މުއިއްޒާ ދެކޮޅަށް ހަމައެކަނި ސޮއިކުރަނީކީ ނޫނެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ހިސާބުން، އެ މެންބަރުން ރައީސްއާ ދެކޮޅަށް ވޯޓު ވެސް ދެއްވާނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ސަރުކާރަށް ބޮޑު ސިހުމެއް ބަރުލަމާނީ މައިދާނުން ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު