މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ވެރިކަން ކުރާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭނާއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަށްވާނެ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ އައްބާސްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވާފައެވެ. އެގޮތުން އަންހެނަކާ އެކު އައްބާސް ބޭއްވި ގުޅުމެއްގެ ސަބަބުން އެކަން ފަޅާއަރައި، އޭނާގެ އާއިލާ ރޫޅިފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވާހަކަތަކާ ގުޅިގެން އައްބާސް ވިދާޅުވީ، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް އަދި އަނބިދަރިންނާ ބެހޭ ގޮތުން މެންބަރު ފަލާހު ދެއްކެވި ހަގީގަތާ ހިލާފު، ދޮގު އަދި ހަޑިހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަލާހު ދެއްކެވީ މުޅިންވެސް ދޮގު ވާހަކަތަކެއް ކަމަށް އައްބާސް ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަނބި ދަރިންނާ އާއިލާ އަކީ ވަރަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއްކަން އަޅުގަނޑު ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ." އައްބާސް ވިދާޅުވިއެވެ.



އޭގެއިތުރުން އައްބާސް ވަނީ، ފަލާހް ދެއްކި ވާހަކަތަކާއި ގުޅިގެން އަބުރުގެ ދަޢުވާ ކުރުމަށް ހޯދަންޖެހޭ ޤާނޫނީ ލަފާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

އައްބާސް މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އައްބާސް އާއި، ފަލާޙާއި ދެމެދުގައި ބަހުގެ ޙަމަލާތައް ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު