ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މި ބިލަކީ ރާއްޖޭގައި އިންސާނުންގެ ގުނަވަންތަކާއި ގުނަވަންތަކުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް ހުށަހެޅުނު ބިލެކެވެ. މި ބިލު ގާނޫނަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރެއްވުމުންނެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި "ލައިވް-ޑޯނަރ އޯގަން ޓްރާންސްޕްލާންޓް" ނުވަތަ ދިރިހުރި މީހެއްގެ ގުނަވަން ބަދަލު ކުރުމަށެވެ. އަދި ގުނަވަން ހަދިޔާ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި، އަދި އެކަމަށް އަމިއްލަ އިޚްތިޔާރުގައި ރުހޭ ދިވެހީންނަށް އެކަނި ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
މި ގާނޫނުގެ ދަށުން ރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެނަށް ވާސިލްވެވޭނެ، ރައްކާތެރި، އަދި ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ހިދުމަތަކަށް ވެގެންދާނެއެވެ.
މި ބިލު ގާނޫނަކަށް ވުމާއެކު، 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފައްދަންޖެހެއެވެ. މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ޓްރާންސްޕްލާންޓް ހިދުމަތް ދިނުމުގެ ހުއްދަ ދިނުމާއި، ހުއްދަ ބާތިލުކުރުމާއި، ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. މީގެ އިތުރުން، ހިދުމަތްދޭ މަރުކަޒުތަކުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަކީވެސް މި ކައުންސިލްގެ ޒިންމާއެކެވެ.
ހަމައެއާއެކު، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަ ދިނުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ "ގުނަވަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ" އެއްވެސް އުފައްދަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ގުނަވަން ބަދަލުކުރުމުގެ އަމަލީ މަސައްކަތް ކުރެވޭނީ މި ކޮމިޓީގެ ހުއްދަ ލިބިގެންނެވެ.
މި ބިލަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު