ކުރީގެ ދެ ވަޒީރުން ކަމަށްވާ ޠާރިޤް އިބްރާހިމް އާއި އާދަމް ޝަރީފް އުމަރު، ރާއްޖޭން ބޭރަށް ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މި ދެ ބޭފުޅުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތައް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވާފައެވެ. ރައީސްގެ ސިޓީފުޅުގައިވާ ގޮތުން، ޠާރިޤް އިބްރާހީމް އައްޔަންކުރެއްވުމަށް ނިންމަވާފައިވަނީ ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށެވެ. އަދި އާދަމް ޝަރީފް އުމަރު އައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ ޤަތަރަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުގެ މަޤާމަށެވެ.
މި ދެ ބޭފުޅުންނަކީވެސް މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި މީގެ ކުރިން މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުންނެވެ. އެގޮތުން ޠާރިޤް އިބްރާހީމަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރުކަމުގެ އިތުރުން، ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އާދަމް ޝަރީފް އުމަރު މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ މަޤާމުގައެވެ.
މި ދެ ބޭފުޅުން ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، މިހާތަނަށް މި ދެ ބޭފުޅުން ތިއްބެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމުގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. ސަފީރުންގެ ގޮތުގައި މި ދެ ބޭފުޅުން އައްޔަންކުރެވޭނީ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމުން ފާސްކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު