ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލިމަނިކު، އޭނާއާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަކާ ގުޅިގެން ނެރޭ އަމުރުތަކަށް ކިޔަމަން ނުވާނެ ކަމަށް ވިދާޅުވެ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މޫސާ މިހެން ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވި، ރަށުތެރޭގައި އެކި ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
މޫސާ ވިދާޅުވި ގޮތުގައި، ސޯފާއެއްގެ މަތީގައި އޭނާ ނުވެސް ބުނަނީސް އަދި އޭނާއަށް ނުވެސް އެނގި މީހަކު ކުރި "ވިޔާނުދާ" ކަމެއްގެ ވާހަކަ ރަށުތެރޭގައި ދެކެވުމަކީ އޭނާގެ މައްޗަށް އަމުރެއް ނެރެންޖެހޭނެ ސަބަބެއް ނޫނެވެ.
އޭނާ ބުނެފައިވަނީ އޭނާއަށް ނޭނގި ހުއްޓާ، ސިއްރުން ކުރާ ޝަރީޢަތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ނެތި ނެރޭ އެއްވެސް އަމުރަކަށް ބޯލެނބުމުގެ ގަސްތެއް ނެތް ކަމަށެވެ.
މޫސަގެ ޕޯސްޓުގައި އޭނާ ވަނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަންކަން ހިނގަންޖެހޭނީ ދެފުށް ފެންނަ ގޮތަކަށް ކަމަށް އިޝާރާތް ކުރައްވާފައެވެ. އަދި އޭނާއާ ގުޅުވައިގެން ފެތުރެމުންދާ ވާހަކަތަކަކީ އޭނާގެ ބައިވެރިވުމެއް ނެތި ހިނގާފައިވާ ކަންކަން ކަމަށްވެސް އޭނާގެ ވާހަކައިން ދޭހަވެއެވެ. މޫސާ އަލިމަނިކުގެ މި ވާހަކަތަކާއެކު ސޯޝަލް މީޑިއާގައި މިހާރު ވަނީ މި މައުޟޫޢަށް ބޮޑު ބަހުސެއް ފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު