މިނިވަން ފަނޑިޔާރުގެއެއް ގާއިމުކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ވާ ވައުދެއް ނަމަވެސް، އެކަން އަމަލީ ގޮތުން ނުކުރެވި އޮތުމުގެ ސަބަބުން ރާއްޖޭގައި އިންސާފު ގާއިމުކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ޖޭއެސްސީގެ ކޮމްޕޮޒިޝަން މިހާރު އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުމާއެކު މުޅި ޖޭއެސްސީގެ މުތުލަގު ކޮންޓްރޯލް ސަރުކާރަށް ލިބިގެންދެއެވެ. މީގެ ސަބަބުން ކޯޓުތަކުގެ މިނިވަންކަން ގެއްލި، ބާރާއި ނުފޫޒުގައި ތިބޭ މީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރިއިރުވެސް ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، ކުރީގެ އެމްޑީޕީ ސަރުކާރުންވެސް އެކަން ކޮށްފައެއް ނުވެއެވެ. މިހާރު ރާއްޖޭގައި އޮތީ "ރިޔާސީ ރަސްކަމެއް" ފަދަ ނިޒާމެއް ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން، އޮޓޮމެޓިކުން އެ ނިޒާމު ބަދަލުވަނީ ފަސް އަހަރުގެ ދައުރަކަށް ދެމިގެންދާ ރަސްކަމަކަށް ކަމަށެވެ.
މި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާ ކޮރަޕްޝަނާއި ޖިނާއީ އެކި ޖަރީމާތައް ބެލޭނެ އެއްވެސް މަގެއް މިހާރު ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަނޑިޔާރުންގެ ވަޒީފާގެ ރައްކާތެރިކަން ނެތް މައްސަލައަށް އަލިއަޅުވާލަމުން އަލީ ހުސައިން ވިދާޅުވީ، ކޯޓުތަކުގެ ކޮންޓްރޯލް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތުމުން، ފަނޑިޔާރުން ހުކުމް ކުރަނީ އިންސާފަށް ވުރެ ބޮޑަށް އަމިއްލަ ވަޒީފާގެ ސަލާމަތަށް ވިސްނައިގެން ކަމަށެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް އަމުރުތައް ނެރެން މަޖުބޫރުވާ ހާލަތެއް އޮތްއިރު، އެކަން އެގޮތަށް ނުކޮށްފިނަމަ ވަޒީފާ ގެއްލުމުގެ ބިރު އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަލީ ވިދާޅުވީ މިސަރުކާރުންވެސް ވެރިަކަމަށް ވަޑައިގެންނެވީ އޭރު އިދިކޮޅުގައި ތިއްބަވައި ޖުޑިޝަރީ ނިޒާމް އިސްލާހްކުރަން ވަޢުދުވެ ވަޑައިގެން ކަމަށާއި އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިލައްވާފައި އޮތް އިރުވެސް ނިޒާމު އިސްލާހުކުރުމުގެ އެއްވެސް ނިޔަތެއް މި ސަރުކާރުގެވެސް ނެތް ކަމަށެވެ.
އިސްލާޙުކުރައްވާނެ ކަމަށް ވެލެއްވި ވަޢުދާ މުޅީން ޚިލާފަށް ފެނިގެންމިދަނީ ބާރުގެ ބޭނުން އިންތިހާ އިއްޕަވަމުން ގެއްދަވާތަންކަމަށް ވިދާޅުވެ ޢަލީ ވަނީ މި ހާލަތު ބަދަލުނުކޮށް ރާއްޖޭގައި ހިނގާ ގޯސްތައް ރަނގަޅު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވާފައެވެ.

ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަޔަކާއި ގުޅިގެން ހަމަ ރައީސް މުއިއްޒުގެ ކޮންޓްރޯލުގެ ދަށުގައި އޮތް ކޯޓަކުން ކޮންމެފަދަ އަމުރެއްވެސް ނެރެފާނެ ކަމަށް އަހުރެން ގަބޫލު ކުރަން. ޖޭއެސްސީ މިނިވަން ނުކޮށް ފަނޑިޔާރުގެ މިނިވަނެއް ނުކުރެވޭނެ.
— Ali Hussain (@AleeVoice) May 11, 2026
އަލީ ހުސައިން ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރިއިރުވެސް ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، ކުރީގެ އެމްޑީޕީ ސަރުކާރުންވެސް އެކަން ކޮށްފައެއް ނުވެއެވެ. މިހާރު ރާއްޖޭގައި އޮތީ "ރިޔާސީ ރަސްކަމެއް" ފަދަ ނިޒާމެއް ކަމަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުމުން، އޮޓޮމެޓިކުން އެ ނިޒާމު ބަދަލުވަނީ ފަސް އަހަރުގެ ދައުރަކަށް ދެމިގެންދާ ރަސްކަމަކަށް ކަމަށެވެ.
މި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާ ކޮރަޕްޝަނާއި ޖިނާއީ އެކި ޖަރީމާތައް ބެލޭނެ އެއްވެސް މަގެއް މިހާރު ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަނޑިޔާރުންގެ ވަޒީފާގެ ރައްކާތެރިކަން ނެތް މައްސަލައަށް އަލިއަޅުވާލަމުން އަލީ ހުސައިން ވިދާޅުވީ، ކޯޓުތަކުގެ ކޮންޓްރޯލް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތުމުން، ފަނޑިޔާރުން ހުކުމް ކުރަނީ އިންސާފަށް ވުރެ ބޮޑަށް އަމިއްލަ ވަޒީފާގެ ސަލާމަތަށް ވިސްނައިގެން ކަމަށެވެ.
ސަރުކާރުން ބޭނުންވާ ގޮތަށް އަމުރުތައް ނެރެން މަޖުބޫރުވާ ހާލަތެއް އޮތްއިރު، އެކަން އެގޮތަށް ނުކޮށްފިނަމަ ވަޒީފާ ގެއްލުމުގެ ބިރު އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަލީ ވިދާޅުވީ މިސަރުކާރުންވެސް ވެރިަކަމަށް ވަޑައިގެންނެވީ އޭރު އިދިކޮޅުގައި ތިއްބަވައި ޖުޑިޝަރީ ނިޒާމް އިސްލާހްކުރަން ވަޢުދުވެ ވަޑައިގެން ކަމަށާއި އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބިލައްވާފައި އޮތް އިރުވެސް ނިޒާމު އިސްލާހުކުރުމުގެ އެއްވެސް ނިޔަތެއް މި ސަރުކާރުގެވެސް ނެތް ކަމަށެވެ.
އިސްލާޙުކުރައްވާނެ ކަމަށް ވެލެއްވި ވަޢުދާ މުޅީން ޚިލާފަށް ފެނިގެންމިދަނީ ބާރުގެ ބޭނުން އިންތިހާ އިއްޕަވަމުން ގެއްދަވާތަންކަމަށް ވިދާޅުވެ ޢަލީ ވަނީ މި ހާލަތު ބަދަލުނުކޮށް ރާއްޖޭގައި ހިނގާ ގޯސްތައް ރަނގަޅު ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު