މަދަނީ ކުދި މައްސަލަތަކަށް ހާއްސަކޮށްގެން ވަކި ކޯޓެއް އުފެއްދެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށާއި، މަދަނީ މައްސަލަތައް ހިންގުމުގައި ދިމާވާ ލަސްތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ޝަރުޢީ އަދި ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށާއި މަދަނީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ތިންވަނަ ދައުރަށް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފައެވެ.
މި އިސްލާހުތަކުގެ ތެރޭގައި، އާންމު ރައްޔިތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި ކުދި މައްސަލަތައް ފަސޭހަކަމާއެކު ހުށަހަޅައި، އަވަސް މުއްދަތެއްގެ ތެރޭގައި އިންސާފު ހޯދައިދިނުމަށްޓަކައި "ސްމޯލް ކްލެއިމްސް ކޯޓު" ނުވަތަ ކުދި މައްސަލަތަކަށް ހާއްސަ ކޯޓެއް ގާއިމުކުރުން ހިމެނެއެވެ.
މީގެއިތުރުން، ބޮޑެތި ވިޔަފާރިތަކުގެ މައްސަލަތައް އިޖުރާއީ ގޮތުން އަވަސްކުރުމުގެ މަގުސަދުގައި، ސިވިލް ކޯޓުގައި "ކޮމާޝަލް ޑިވިޜަނެއް" ނުވަތަ ވަކި "މާކެންޓައިލް ކޯޓެއް" އުފެއްދެވުމަށްޓަކައި ހަދަންޖެހޭ ފަންނީ ދިރާސާތައް މިހާރު ނިމުމަކާ ގާތްވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. އަދި އެކަމާ ގުޅޭ އިސްލާހުތައް ވެސް މަޖިލީހަށް ހުށަހެޅިގެންދާނެއެވެ. މިފަދަ ކޯޓެއް ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ، ވިޔަފާރީގެ ދާއިރާއިން ފަންނީ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފަނޑިޔާރުން މެދުވެރިކޮށް، ހަރުދަނާ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ވިޔަފާރީގެ މައްސަލަތަކަށް އަވަސް އަދި އެކަށޭނަ ހައްލެއް ހޯއްދަވައިދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު