ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި ސިޔާސީ މަގާމުތައް މަދުކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައިފިއެވެ.
މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިނުގެން މިފަދަ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ހާމަނުކުރެވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ.
އަދި ގޭގައި ތިބެގެން އެއްވެސް މަސައްކަތެއް ކުރަން ނުޖެހި މުސާރަ ލިބޭ އެތައް ބަޔަކު ސަރުކާރުގެ އެކި ކުންފުނިތަކުގައި އެބަތިބި ކަމަށް ވިދާޅުވެ، އެކަމާ މެދު ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ފައިސަލް ނަސީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކުރާ ބޭކާރު ދަތުރުތަކާއި ބޭނުމެއް ނެތި އުފައްދާފައިވާ ސިޔާސީ މަގާމުތައް ވަގުތުން ހުއްޓާލަން ޖެހެއެވެ. މިގޮތުން، އެއްވެސް މަސައްކަތެއް ނެތި، އިށީންނާނެ ގޮނޑިއެއްހާ ހިސާބުވެސް ނެތް މީހުންނަށް ވަޒީފާ ދިނުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބުރައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ހިންގުމުގައި ސިޔާސީ މީހުންނަށްވުރެ ބޮޑަށް ސިވިލް ސާވިސް މުވައްޒަފުންގެ ދައުރު ފުޅާކުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށްވެސް އެމަނިކުފާނު ލަފާދެއްވިއެވެ.
މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ބައެއް ޑިޕްލޮމެޓިކް މިޝަންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ނުވަތަ ގައުމަށް އެއްވެސް ފައިދާއެއް ނުވާ އެމްބަސީތައް ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އެމްބަސީތަކާއި ހައިކޮމިޝަންތައް ބަހައްޓަންވާނީ ދިވެހިން ގިނައިން އުޅޭ، ވިޔަފާރީގެ ގުޅުން ބޮޑު ނުވަތަ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގައި އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދަ ބޮޑެތި ހަރަދުތައް ކުޑަކޮށް، ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ފައިސަލްގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު