ނުތަނަވަސްކަން މެނޭޖުކުރުމަށްޓަކައި ފުންކޮށް ނޭވާލުމާއި، ސިކުނޑި އެހެން ކަމަކަށް މަސްއޫލުކުރުވުމާއި، ނުރަނގަޅު ޚިޔާލުތަކުގެ ހަގީގަތް ހޯދުން ފަދަ މާހިރުން އިރުޝާދު ދެއްވާ ގިނަ އުކުޅުތަކެއް ހުރެއެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ ހަގީގަތުގައި ވެސް ފައިދާކުރާ ކަންކަމެވެ.
ނަމަވެސް، ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ލޯރެން ކޫކް ވިދާޅުވާ ގޮތުގައި، ހުރިހާ އެންމެންނަށް އެއް އުސޫލަކުން ކަންކަން ހައްލެއް ނުކުރެވޭނެއެވެ. މާނައަކީ ކޮންމެ މީހަކަށް ވެސް އެންމެ އެކަށީގެންވަނީ ކޮން ގޮތެއްތޯ ބަލައި، އާ ގޮތްތަކެއް ތަޖުރިބާކުރަން ޖެހެއެވެ. އެހެންކަމުން، ހަމައެކަނި ކުއްލި ދަނޑިވަޅުތަކުގައި ބޭނުންކުރާ އުކުޅުތަކުގެ އިތުރުން، ދިގު މުއްދަތުގައި ނުތަނަވަސްކަން ކުޑަކޮށްދޭނެ އާދަތަކެއް އަށަގަންނުވަން ޖެހެއެވެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް އެހީތެރިވާނެ ކަމަށް ހީކުރެވޭ ބައެއް އާދަތަކުގެ ސަބަބުން، ހަގީގަތުގައި ނުތަނަވަސްކަން އިތުރަށް ގޯސްވެގެންދެއެވެ.
ނުތަނަވަސްކަމަށް ޚާއްޞަ މާހިރުން ބަޔާންކުރައްވާ، މައްސަލަ ގޯސްކޮށްލާ 5 ކަމަކާއި އެކަންކަމުގެ ބަދަލުގައި ކުރެވިދާނެ ކަންކަން ތިރީގައި އެވަނީއެވެ.
01. ރާވާފައި ހުންނަ ކަންކަން ކެންސަލްކުރުން
ނުތަނަވަސްކަން އިހުސާސްވާން ފެށުމުން ބޭރަށް ނުގޮސް ގޭގައި މަޑުކޮށްލުމަކީ ހިތަށް އަރާފާނެ ކަމެކެވެ. ބައެއް ފަހަރު އެއީ ރަނގަޅު ނިންމުމަކަށް ވެސް ވެދާނެއެވެ. ނަމަވެސް، މާ ބޮޑަށް އުނދަގޫވާ ކަންކަމުން އަބަދު ރެކުމަކީ (Avoidance) އާދައަކަށް ހަދައިފިނަމަ، އޭގެ ސަބަބުން ނުތަނަވަސްކަން އިތުރަށް ގޯސްވެއެވެ. މިއީ އަމިއްލަ ނަފްސަށް ދެވޭ އަޅާލުމެއް ކަމަށް ހީވިޔަސް، ހަގީގަތުގައި މިއީ މައްސަލައިން ފިލުމެވެ. މީގެ ސަބަބުން، ކަންކަމުން ފިލުމަކީ ހައްލުކަމަށް ސިކުނޑިއަށް ދަސްވެއެވެ.
ކުރެވިދާނެ ކަމެއް: ކަމަކަށް ނޫނެކޭ ބުނުމުގެ ކުރިން އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ: "މިކަމަށް ދިޔުމުން އަހަރެން އަމިއްލަ ނަފްސާ މެދު ފަޚުރުވެރިވާނެ ހެއްޔެވެ؟" އަދި ތިމާގެ ނުތަނަވަސްކަން ހުރި މިންވަރު 1 އަކުން 10 އަކަށް ނަންބަރު ދީގެން ބަލާށެވެ. 4 އަކާއި 6 އަކާ ދެމެދު ނަމަ އެއީ ކޮންމެވެސް ވަރަކަށް ކެތްކޮށްލައިގެން ކުރިއަށް ދެވިދާނެ ކަމެކެވެ. މަގުސަދަކީ ހުރިހާ ކަމެއްގެ ތެރެއަށް ގަދަކަމުން ވަނުމެއް ނޫނެވެ. ނަމަވެސް، ތިމާ ކުރިއަރައިދާނެ އުނދަގޫތަކާއި، ހަގީގަތުގައި ވެސް ދުރުވާންޖެހޭ ކަންކަން ވަކިކުރަން ދަސްކުރުމެވެ.
2. މައުލޫމާތު ހޯދުމަށް އިންޓަނެޓް ނުވަތަ ޗެޓްޖީޕީޓީ (ChatGPT) ބޭނުންކުރުން
ކަމަކާ މެދު މާ ބޮޑަށް ވިސްނޭ ނަމަ، އޭގެ ހައްލު ހޯދުމަށް ގޫގުލް މެދުވެރިކޮށް ބަލިތަކުގެ އަލާމާތްތައް ހޯދުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް، މީގެ ސަބަބުން ކަންކަން ކޮންޓްރޯލް ކުރެވޭ ކަމުގެ ދޮގު އިހުސާސެއް ކުރެވި، އެންމެ ގޯސް ހާލަތާ މެދު ވިސްނުމަށް މަގުފަހިވެއެވެ.
ކުރެވިދާނެ ކަމެއް: މައުލޫމާތު ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބިރުވެރި ވާހަކަތަކުގެ ބަދަލުގައި، އިތުބާރު ހުރި ސިއްހީ ލިޔުންތަކާއި، ޔުނިވަރސިޓީތަކުގެ ދިރާސާތައް ފަދަ ހަގީގީ މަސްދަރުތަކުން މައުލޫމާތު ހޯދާށެވެ.
3. ހިތްހަމަޖެހުމެއް ނުލިބޭނެކަން އެނގި ހުރެ، ރަހުމަތްތެރިންނާ ސުވާލުކުރުން
ނުތަނަވަސްވާ ވަގުތުތަކުގައި "އެމީހުން އަހަރެން ދެކެ ރުޅި އައީބާ؟" ނުވަތަ "އަހަރެން ވަޒީފާއިން ވަކިކޮށްފާނެބާ؟" ފަދަ ސުވާލުތައް ރަހުމަތްތެރިންނާ ކުރެވުމަކީ އާންމު ކަމެކެވެ. ނަމަވެސް، ތިމާ ބޭނުންވާ ވަކި ޖަވާބެއް ހޯދުމަށް އެދި ތަކުރާރުކޮށް ސުވާލުކުރުމަކީ ތިމާއަށާއި ރަހުމަތްތެރިންނަށް ވެސް ވަރަށް ބޮޑު ތަކުލީފަކަށް ވެގެންދެއެވެ.
ކުރެވިދާނެ ކަމެއް: އެހެން މީހެއްގެ އެހީތެރިކަން ހޯދުމުގެ ކުރިން، މަދުވެގެން 10 މިނެޓު ވަންދެން އަމިއްލައަށް މަޑުކޮށްލާށެވެ. އަދި ތިމާ ބިރުގަންނަ ސަބަބާ މެދު ވިސްނައި، އެކަމަށް ވެދާނެ ދެތިން ސަބަބެއް އަމިއްލައަށް ހޯދާށެވެ. މި ތަމްރީނުގެ ސަބަބުން، އެހެން މީހެއްގެ ބަހަކަށް ބަރޯސާނުވެ އަމިއްލައަށް ހަމަޖެހެން ދަސްވާނެއެވެ.
04. "މިކަން ވެއްޖެ ނަމަ ހުރިހާ ކަމެއް ރަނގަޅުވާނެ" ކަމަށް ގަބޫލުކުރުން
"ވަޒީފާގެ ކުރިއެރުން ލިބުމުން ހުރިހާ ކަމެއް ހަމަޖެހޭނެ" ނުވަތަ "އެމީހާ މެސެޖު ކުރުމުން ހަމަޖެހިލެވޭނެ" ކަމަށް ގަބޫލުކުރުމަކީ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭ ކަމަކަށް ވެދާނެއެވެ. ނަމަވެސް، ދިރިއުޅުމާއި ނުތަނަވަސްކަމަކީ އެފަދަ ގޮތަކަށް ހިނގާ ކަންކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް ތައްޔާރުވި ނަމަވެސް، ބައެއް ކަންކަމަކީ ތިމާގެ ކޮންޓްރޯލުން ބޭރުގައިވާ ކަންކަމެވެ.
ކުރެވިދާނެ ކަމެއް: ހަގީގަތާ ކުރިމަތިލާށެވެ. ތިމާއަށް ކޮންޓްރޯލް ނުކުރެވޭ ކަންކަމާ މެދު ވިސްނުމުގެ ބަދަލުގައި، ތިމާއަށް ކުރެވޭނެ ކަންކަމަށް ސަމާލުކަން ދޭށެވެ. މިސާލަކަށް، މީހަކު މެސެޖު ކުރާނެ ވަގުތެއް ތިމާއަށް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އެކަމަކު އެ ވަގުތު ތިމާ ކުރާނެ ކަމެއް ނިންމުމުގެ އިޚުތިޔާރު ތިމާއަށް އޮންނާނެއެވެ.
05. އެއްކޮށް ނުތަނަވަސްކަން ފިލައިގެންދާނެ ކަމަށް އުންމީދުކުރުން
ގިނަ ފޮތްތައް ކިޔައި، ތެރަޕީ ހޯދުމުން ނުތަނަވަސްކަން އެއްކޮށް ފިލައިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަފްސާނީ ގޮތުން ދުޅަހެޔޮ މީހުންނަށް ވެސް މުހިންމު ކަންކަމާ ކުރިމަތިލާއިރު ނުތަނަވަސްކަން އިހުސާސްވާނެއެވެ. މި އިހުސާސް ދުވަހަކުވެސް ނުވާނެ ކަމަށް ގަބޫލުކުރުމަކީ އަމިއްލަ ނަފްސަށް ކުރެވޭ އަނިޔާއެކެވެ.
ކުރެވިދާނެ ކަމެއް: ނުތަނަވަސްކަން ހުރިކަން ގަބޫލުކުރާށެވެ. އަދި އެއާއެކު ވެސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ދަނެގަންނާށެވެ. ނުތަނަވަސްކަން ނައްތާލުމުގެ ބަދަލުގައި، އެ ވަގުތު ކުރެވެން އޮތް ކުޑަ ނަމަވެސް ކަމެއް ކުރުމަށް ސަމާލުކަން ދޭށެވެ. ނުތަނަވަސްކަމާއެކު ދިރިއުޅެން ދަސްކުރުމަކީ ދިގު ދަތުރެކެވެ. ނަމަވެސް، އެކަން ދަސްވުމުން، ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލުމުގެ ހިތްވަރު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު