ފޮޓޯ: ރަސް އޮންލައިން
ފޮޓޯ: ރަސް އޮންލައިން
ގއ. ކޮލަމާފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، އެ ރަށުގެ ގޭގެއަށާއި މުދަލަށް ލިބުނު ގެއްލުންތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ފަށައިފިއެވެ.

މިގޮތުން ކުރިއަށްގެންދާ "ޑެމޭޖް އެސެސްމެންޓް" ގެ އަމަލީ މަސައްކަތްތަކުގައި ކޮލަމާފުށީ ކައުންސިލްގެ އިދާރާގެ އިތުރުން ގއ. އަތޮޅު މަދަރުސާއާއި، ކޮލަމާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ އާންމު ރައްޔިތުންގެ ޓީމުތަކުން ދަނީ ބައިވެރިވަމުންނެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށާއި ގޭބިސީތަކަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ހޯދައި، އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ރަށުގެ ރައްޔިތުންނާއި އެކި މުއައްސަސާތަކުން ދައްކަމުންދާ އެއްބައިވަންތަކަމާއި ދެމުންގެންދާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް، ކޮލަމާފުށީ ކައުންސިލުން ވަނީ އެންމެހައި ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު