މީގެކުރިން ހިނގި އަލިފާނުގެ ޙާދިސާއެއްގެ ތެރެއިން
މީގެކުރިން ހިނގި އަލިފާނުގެ ޙާދިސާއެއްގެ ތެރެއިން
މާލޭ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން މިއަދު ބުނީ، މާލޭގެ ކާނިވާ ސަރަހައްދުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދުގެ މެންދުރުފަހު 15:42 ހާއިރު ކަމަށެވެ.

މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ ތަނަކީ ކޮން ބާވަތްތަކެއްގެ މުދަލެއް ގުދަންކޮށްފައިވާ ތަނެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވެރިކަންކުރާ މާލެ ސަރަހައްދުގައި މަދުން ނަމަވެސް ދޭތެރެއަކުން އަލިފާނުގެ މިފަދަ ހާދިސާތައް ހިނގައެވެ.

ފުލުހުން ބުނީ މިޙާދިސާ ހިނގި ސަބަބު ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު