10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައި.އޯ.ޑީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށް އިންތިހާއަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ޕްލެޓްފޯމެއް ކަމަށެވެ.
އަދި މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
އިންޑިއަން އޯޝަން ޑަޔަލޮގަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ސަލާމަތީ އަދި އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
ރައީސް ނަޝީދަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުއްލަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

10 vana Indian Ocean Diaolgue (IOD) gai baiverivumah miadhu alhugandu mi furanee New Delhi, India ah.
— Mohamed Nasheed (@MohamedNasheed) May 6, 2026
Emburi Raajje annaanee May 9 ga.
Miee Dhivehi Raajje ah inthihaa ah muhinmu mashvaraathakeh hingeyne platform eh. E masahkaiy alhugandu baarah hingaanan. pic.twitter.com/tvpy7m8d6w
އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ދިވެހިރާއްޖެއަށް އިންތިހާއަށް މުހިންމު މަޝްވަރާތަކެއް ކުރިއަށްދާނެ ޕްލެޓްފޯމެއް ކަމަށެވެ.
އަދި މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.
އިންޑިއަން އޯޝަން ޑަޔަލޮގަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ސަލާމަތީ އަދި އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ.
ރައީސް ނަޝީދަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުއްލަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު