އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު
އާރްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވައި ފޭސްބުކްގައި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މޫކޭ ވިދާޅުވީ، ކަންކަން ރޭވުމަށް އެދި އެދިވެސް އެކަން ނުވުމުން، އަމިއްލައަށް ނުކުމެ ކަންކަން ރާވައި، މެންބަރުންނަށް އުންމީދު ގެނެސްދިން ލީޑަރަކީ ރައީސް ނަޝީދު ކަމަށެވެ.

މޫކޭގެ ޕޯސްޓުގައި ބަދަލަކަށް އޮތް ބޭނުންތެރިކަމަށް އަލިއަޅުވާލަމުން ވިދާޅުވީ، މާޒީގައި ހިފަހައްޓައިގެން ތިބެ ބަދަލާ ދެކޮޅު ހެދުމަކީ ޒުވާން ރޫހާ މުޅިން އިދިކީލި ނުވަތަ ދެކޮޅު ވިސްނުމެއް ކަމަށެވެ.

އަދި ފިތުރަތުގެ އުސޫލުން ކަންކަން ބަދަލުވާނެ ކަމަށާއި، ބަދަލު ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

"ބޮޑު ބަދަލު" އަދި "ވޯޓް އަންނި" ފަދަ ހޭޝްޓެގްތައް ބޭނުންކުރައްވައި މޫކޭ ކުރެއްވި މި ޕޯސްޓަކީ، ސިޔާސީ މަޝްރަހުގައި ރައީސް ނަޝީދުގެ ފިކުރަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން ކުރެއްވި ޕޯސްޓެކެވެ.

މޫކޭ ފާހަގަކުރެއްވި ގޮތުގައި، ޒަމާނާ އެއްގޮތަށް ކަންކަން ބަދަލުވުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށާއި، އެ ބަދަލު ގެނައުމުގައި ރައީސް ނަޝީދުގެ ދައުރު ބޮޑުކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު