މިހާރުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށާއި އޮތީ އެންމެ 30 އިންސައްތަ ތާއީދު ކަމަށް "ބޮޑު ބަދަލު" ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެގޮތުން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް މިހާރު އޮތީ އެންމެ 30 އިންސައްތަ ތާއީދުކަން ފަހުގެ އިންތިޚާބުތަކުގެ ނަތީޖާއިން ސާފުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރިޝްވަތާއި ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުތައް ކާމިޔާބު ކުރަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ދިވެހި ރައްޔިތުން މިހާރު ތިބީ ހޭލާ ކަމަށާއި ސަރުކާރާ އެކު ގައުމު އަނދަވަޅަކަށް ވެއްޓެން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް މިހާރު ބޭނުންވަނީ ވަށާޖެހޭ ބޮޑު ބަދަލެއް ކަމަށެވެ. މި ބަދަލަކީ ހަމައެކަނި ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކެއް ނޫން ކަމަށާއި، މީހުންގެ ވިސްނުމާއި، އަހުލާގާއި، އަދި އާންމު ސުލޫކަށްވެސް އަންނަންޖެހޭ ބަދަލެއް ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި މުޖުތަމައަށް ބޭނުންވާ މިފަދަ ފުން އަދި މުހިންމު ބަދަލުތައް ތައާރަފުކޮށް، ގައުމު ހަމަމަގަށް އެޅުވޭނެ ހަމައެކަނި ސިޔާސީ ފިކުރަކީ އެމްޑީޕީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު